ރާމް ޗަރަން އާއެކު ފިލްމެއް ކުޅުމަށް ކިއާރާ ކުރި އާދޭހާއިއެކު ޑައިރެކްޓާ ޝަންކަރު އެ ފުރުސަތު ހޯދަދީފި

ރާމް ޗަރަން އާއެކު ފިލްމެއް ކުޅުމަށް ކިއާރާ ކުރި އާދޭހާއިއެކު ޑައިރެކްޓާ ޝަންކަރު އެ ފުރުސަތު ހޯދަދީފި

Author
ފާތިމަތު ނާވީ
25 ޖޫން 2021 11:14
0

ޑައިރެކްޓާ ޝަންކަރުގެ ކުރިއަށް އޮތް ފިމުގެ ލީޑްރޯލުން ކިއަރާ އަދުވާނީ ފެނިގެންދާނެ ކަަމަށް ބޮލީވުޑްގެ ހަބަރުތަށް ގެެނެސްދޭ ޕިންކް ވިލާ އިން ބުނެފި އެވެ.

މި ފިލްމުގައި ކިއާރާ އާއި އެކު ފެނިގެން ދާނީ ސައުތުގެ މަޝްހޫރު ތަރި ރާމް ޗަރަން އެވެ.

ފިލްމުގެ ޕޭޕަވޯކްތަށް މިހާރު ނިމިފައިވާ ކަމަށް މައުލޫމާތުލިބެ އެވެ. ޝޫޓިންގ ޝެޑިއުލާ ގުޅޭ އިތުރު މައުލޫމާތު ނުލިބުން ނަމަވެސް "އާރްސީ15″ އިން ކިއާރާ ފެނިގެން ދާނެ ކަމަށް މިހާރު ވަނީ ޔަގީންވެފައެވެ. އަދި މިރޯލު ހޯދުމަށް ކިއާރާ ވަރަށް އާދޭސް ކޮށްފައި ވާކަމަށްވެސް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

ކިއާރާ މީގެ ކުރިންވެސް ރާމް ޗަރަންއާއެކު ސައުތު އިންޑިއަން ފިލްމުތަކުން ވަނީ ފެނިފައެވެ.

މި ފިލްމުގެ އިތުރުން ވެސް ޝަންކަރު ގެ އިތުރު ދެ ފިލްމެއް ކިއާރާއަށް ލިބިފައިވާ ކަމުގެ އަޑުތަށް ވަނީ އަރާފަ އެވެ. އެގޮތުން "އާރްސީ15″ ގައި ރާމް ޗަރަން އާއިއެކުގައި ވަރަށް ރޮމޭންޓިކް ރޯލަކުން ފެނިގެން ދާއިރު، ޝަންކަރުގެ ދެން އޮތް ފިލްމުން ކިއާރާ އާއި އެކު ފެނިގެން ދާނީ ރަންވީރު ސިންގް އެވެ. މި ރޯލު ބޭނުންވެގެން ވެސް ކިއާރާ ވަރަށް އާދޭސް ކުރިކަމަށް ރިޕޯޓްތަށް ބުނެއެވެ.

މީގެ އިތުރުން ވެސް ޝަންކަރުގެ ފިލްމެއް ކިއާރާ އަށް ލިބިފައި އެބަ އޮތެވެ. މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައިއެއް ނުވެއެވެ. ނަމަވެސް މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ ޕިންކް ވިލާއިން ބުނެފައިވާ ގޮތުގައި މި ފިލްމަށް އަދި ވަރަށް ގިނަ ވަގުތު ނަގާނެއެވެ. ފަހަރެއްގައި ދެތިން އަހަރުވެސް ނަގާފާނެ އެވެ.

މިހާރުވެސް ކިއާރާގެ އަތުގައި ބޮޑެތި ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. ކާތިކް އާރިޔާން އާއެކު ކުޅެމުންދާ "ބޫލްބުލައްޔާ 2″ އާއި ވަރުން ދަވަން އާއިއެކުގައި ފެނިގެންދާ "ޖުގްޖުގް ޖިއޯ" ގެ އިތުރުން ވިކްރަމް ބަޓްރާގެ "ޝޭރްޝާ" އިން ވެސް ކިއާރާ ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.