ޓްވީޓަކާއި ގުޅިގެން ސަލަފްގެ ޢިލްމުވެރިޔަކު ފުލުހަށް ހާޒިރުވާން އަންގައިފި

ޓްވީޓަކާއި ގުޅިގެން ސަލަފްގެ ޢިލްމުވެރިޔަކު ފުލުހަށް ހާޒިރުވާން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 11:39
0

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޖަމްއިއްޔަތުއް ސަލަފްގެ އިސް ދީނީ ޢިލްމުވެރިޔަކު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ސަލަފްގެ އިސް ދީނީ އިލްމުވެރިއެއްކަމުގައިވާ އައް ޝައިޚް މުޖުތަބާ ހަމީދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރުފަހު 2 ޖަހާއިރަށެވެ. ފުލުހަށް ހާޒިރުކުރަނީ ކޮށްފައިވާ ޓްވީޓަކާއި ގުޅިގެންކަމުގައި ވީނަމަވެސް އެއީ ކޮން ޓްވީޓެއް ކަމެއް ފުލުހުންވެސް ބުނެފައިވެއެވެ. ޝައިޚު މުޖުތަބާއަކީ މަޖިލީހަށް ހުށަހެޅިފައިވާ ނަފްރަތު ބިލާއި ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ އިލްމުވެރިއެކެވެ.

އެގޮތުން ޝައިޚު މުޖުތަބާ ވަނީ މިބިލާއިމެދު މަޖިލިސް މެމްބަރުން ނުހަނު ބޮޑަށް ވިސްނުމަށް އެދިފައެވެ. ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ މެމްބަރުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވުމަށްވެސް ޝައިޚު ވަނީ މެމްބަރުންނަށް ހަދާން ކޮށްދެއްވާފައެެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލަކީ ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ބަޔާން ކުރުމުގެ މަގްސަދުގައި ކަމަށް ވިދާޅުވެ ހުށަހަޅުއްވާފައިވާ ބިލެކެވެ. އެ ބިލުގައި، އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ނަފުރަތުގެ އަމަލެއް ކަމާއި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން ގިނަ ބަޔަކު އަންނަނީ އެ ކަމަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.