ބޮލީވުޑްގައި މަޝްހޫރު ތަރިންގެ ތެރޭގައި މިހާރު ޕަރްނީތީ ޗޯޕްރާ ހިމެނޭނެއެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އޭނާ ހުރީ ވަރަށް މައްޗަށް ކިޔަވައިގެންނެވެ. އޭނާގެ އަތުގައި ވަރުގަދަ ތައުލީމީ ޑިގްރީއެއް އެބަ އޮތެވެ.
އޭނާ ބޮލީވުޑްއަށް ވަނުމުގެ ކުރިން ދިޔައީ ވިޔަފާރި އާއި މާލީ އަދި އިގްތިސާދީ ދާއިރާއިން ޑިގްރީ ހާސިލް ކުރަމުންނެވެ. އޭނާ މެންޗެސްޓަރ ބިޒްނަސް ސްކޫލުން ކިޔެވުން ނިންމާލިއެވެ. ނަމަވެސް ވަޒީފާ ލިބުމުގައި އޭނާއަށް ދަތިކަން ދިމާވިއެވެ. ނަމަވެސް އޭނާގެ ނަސީބު ރަނގަޅު ކަމުން މޮޅު އެކްޓަރަކަށް އޭނާ ވެއްޖެއެވެ. އަދި ބޮލީވުޑްގައި ފިޔަޖަހައިފިއެވެ.
އަހަރެން އެނބުރީ އައީ ހުސްއަތާ، ކުރާނެ ކަމެއް ނޭނގިފައި. އަހަރެން މައިންބަފައިންނާއެކު ހަރިޔަނާގައި މަޑުކުރިން، އަދި ވިސްނާފައި އޭނާ ސިޓީ އޮފް ޑްރީމްސް އަށް ބަދަލުވެ ޕްރިޔަންކާ ޗޯޕްރާއާއެކު އުޅުނިން.
– ޕްރްނީތީ މުމްބާއި މިރާއަށް ބުންޏެވެ.
އޭނާ ވަޒީފާއަށް ކުރިމަތިލާން ފެށީ އެ ހިސާބުންނެވެ. އޭނާ ވަނީ ޕްރޮޑަކްޝަން ހައުސްއެއްގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކެޓިވްއެއްގެ ގޮތުގައި މަސައްކަތް ފަށާފައެވެ. އަދި މަޑުމަޑުން އޭނާ ކެމެރާގެ ކުރިމަތިން ފެންނަން ފެށިއެވެ. އެންމެ ފަހުން ފިލްމްތަކުގެ ލީޑް ތަރިއެއްގެ ގޮތުގައި އޭނާ ފެނިގެން ދިޔައެވެ.

އޭނާ ބުނީ އެކްޓަރަކަށް ވާން އޭނާ ވަރަށް ބޭނުންވާ ކަމަށާއި، މިހާރު އެއީ އެންމެ ކުރާ ހިތުން ކުރާ ކަންތައް ކަމަށެވެ.ޕަރްނީތީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ދަ ގާލް އޮން ދަ ޓްރެއިންގެ ހިންދީ ރީމޭކްއިންނެވެ އަދި ސައިނާ ނެހްވާލްގެ ބަޔޮޕިކް "ސައިނާ"އިންވެސް އޭނާ ފެނިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ