ވޯލްޑް ކަޕް ބަލަން ދަނޑަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްގެން

ވޯލްޑް ކަޕް ބަލަން ދަނޑަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްގެން

Author
އިބްރާހީމް ސާޢިދު
22 ޖޫން 2021 10:29
0

އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން ދަނޑަށް ވަދެވޭނީ ކޯވިޑް-19 ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް ގަަތަރު ސަރުކާރުން ނިންމައިފިއެވެ.

ގަތަރު ވޯލްޑް ކަޕް ފަށަން ފީފާ އިން މި ވަގުތު ކަނޑައަަޅާފައިވާ ތާރީހަކީ އަންނަ އަހަރުގެ ނޮވެމްބަރު އެއް ވަނަ ދުވަހެވެ. އާންމު ގޮތެއްގައި ޖޫން/ޖުލައި ގައި ބާއްވާ ވޯލްޑް ކަޕް ގަތަރުގައި އަހަރު ފަހު ކޮޅުގައި ކުޅޭ ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ ޖޫން މަހު ގަތަރުގެ ހޫނުމިން އާންމު ގޮތެއްގައި ވަރަށް ބޮޑަށް މައްޗަށް ދާތީ އެވެ. ޖޫން މަހާއި ޖުލައި މަހު ގަތަރުގެ ފިނިހޫނުމިން އުޅޭނީ 50 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އަހަރު ފަހު ކޮޅަށް ބަދަލުކޮށްފިނަމަ އުޅޭނީ 15-30 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.

ގަތަރުގެ ބޮޑުވަޒީރު ޝެއިހް ހާލިދު ބިން ހަލީފާ ބިން އަބްދުލް އަޒީޒް އަލް ތާނީ އިއްޔެ އެ ގައުމުގެ މީޑިއާ އަށް ވިދާޅުވީ ވޯލްޑް ކަޕް މެޗުތައް ބަލަން އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ގަތަރުން އިސްވެ އެއް މިލިއަން ޑޯޒުގެ ވެކްސިން ޕްރޮގްރާމެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.