މިހާރު މީސް މީޑިއާގައި އެންމެ ބޮޑު ޓްރެންޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއް ކަމަކީ "ހައު އިޓް ސްޓާޓެޑް، އެންޑް ހައު އިތްސް ގޮއިންގ" ޗެލެންޖެވެ.
އެ ޗެލެންޖްގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، އެ ޗެލެންޖްގައި މަޝްހޫރު ތަރިންވެސް ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާވެސް ހިމެނެއެވެ.
އޭނާ އެ ޗެލެންޖްގައި ބައިވެރިވެ ހިއްސާކޮށްފައި ވަނީ ފިރިމީހާ ނިކް ޖޮނަސްގެ ހުދުކުލައިގެ ހެދުމެއް ލައިގެން ހުންނަ ތަނާއި، ސީދާ ޕްރިޔަންކާ ހަމަ އެ ހެދުން އަޅައިގެން ހުންނަ ތަނެވެ.
އަދި އެ ފޮޓޯގެ ކެޕްޝަންގައި ނިކްގެ އަންނައުނު ވަގަށް ނެގުމަކީ އޭނާ ލޯބިވާ ކަމެއް ކަމަށް ބުނެފައި ވެއެވެ. މިހާރު ޕްރިޔަންކާ ހުރީ ޖަރުމަންގައި ޗުއްޓީއާއެކު މަސައްކަތުގައެވެ.އެތަނުގައި އޭނާ ހޭދަކުރާ ބައެއް ދުވަސްތައް މީސް މީޑިއާގައިވެސް ހިއްސާކުރަމުން ދެއެވެ.

މަސައްކަތުގެ ދާއިރާއަށް ބަލާއިރު، އޭނާ އެންމެ އަވަހަށް ފެނިގެންދާނީ މްޓްރިކްސް 4 އިންނެވެ.
ކޮމެންޓު ފޮނުވާ