ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގުރޫޕްގެ ފަހު މެޗު ވޭލްސްއާ ދެކޮޅަށް ނުކުންނައިރު އެއީ ހުނަވަރުވެރި މޮޅެތި ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި އެޓީމާ ދެކޮޅަށް ކުޅެން އިޓަލީއަށް ފައްސޭހަ ނުވާނެކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ.
މެޗުގެ ކުރިން ވާކަދައްކަމުން މަންޗީނީ ބުނީ މެޗާ ކުރިމަތިލާއިރު އޭނާގެ ހަނދާނަށް އަންނީ އިނގިރޭސި ލީގުގައި މެންޗެސްޓަރ ސިޓީގައި މަސައްކަތް ކުރި އިރު އޭރު ލީގުގައި ވާދަކުރި ސްޓޯކް ސިޓީގެ މަތިންކަމަށެވެ. މަންޗީނީ ވަނީ 2009 އަހަރުން ފެށިގެން 2013ވަނަ އަހަރުގެ ނިޔަލަށް ސިޓީގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮއްފައެވެ. އެ ހަނދާންތައް އާކުރަމުން މަންޗިނީ ބުނީ އޭރު އިނގިރޭސި ލީގުގައި ވާދަކުރި ސްޓޯކް ސިޓީއާ ދާދި އެއްކަހަލަ ކުޅެމެއް ވޭލްސްއިން ދައްކަމުންދާ ކަމަށެވެ. ވޭލްސްއަކީ ފިޒިކަލީ ގޮތުންނާއި ޓެކްނިކަލް ގޮތުން ވަރަށް މޮޅު ޓީމެއްކަމަށް މަންޗިނީ ބުނިއެވެ.
އަހަރެމެން މިމެޗުގައި ބަދަލުތަކެއް ގެންނާނަން، ކިހިނެތް މިހޫނުގައި 10 ދުވަސް އެއްކުޅުންތެރިންތަކެއް ލައިގެން ކުޅޭނީ.
– އިޓަލީގެ ކުރީގެ މައްޝޫރު ކުޅުންތެރިޔާ ބުނިއެވެ.
އޭނާ ބުނީ މުބާރާތުގެ ތިންވަނަ މެޗާ އިޓަލީ ކުރިމަތިލާއިރު ދެވަނަ ބުރު ޔަގީންވެފަ އޮތަސް މިއީ މޮޅުވާން ކޮންމެހެން ޖެހޭނެ މެޗެއްކަމަށާއި މެޗަށް ނުކުންނާ ބަދަލުތަކާކާ އެކުކަމަށެވެ. 10 ދުވަސްތަރޭގައި 30 ޑިޖްރީއަށް ހޫނުގަޑިޔެއްގައި ކުޅެން ޖެހުމަކީ ކުޅުންތެރިންގެ ރިކަވަރީއަށް ވެސް ބަލަންޖެހޭ ކަމެއްކަމަށް މަންޗިނީ ބުނިއެވެ. އަމާޒަކީ ގުރޫޕްގެ އެއްވަނައިގައި ނިންމާލުން ކަމަށް އިޓަލީގެ ކޯޗު ވަނީ ބުނެފައެވެ.
އިޓަލީއަށް ގުރޫޕުގައި އެއްވަނައިގަ ނިންމާލުމަށް މިމެޗުން މަދުވެގެން ބޭނުންވަނީ ޕޮއިންޓެކެވެ. މިހާތަނަށް އިޓަލީވަނީ ބައިކޮޅަށް ލަނޑެއް ވައްދާނުލާ 10 މެޗު ހަމަކޮއްފައެވެ. އިޓަލީ އޮތީ އެ ގައުމުން ބަލިނުވެ މީގެކުރިން ހަދާފައިވާ 30 މެޗުގެ ރެކޯޑު މުގުރާލުމާ އެއްމެޗު ގާތުގައިއެވެ. އިޓަލީން ވަނީ 1935 އަހަރުން 1939 އަހަރާ ހަމަޔަށް ބަލިނުވެ 30 މެޗު ހަމަކޮއްފައެވެ.
އެންމެފަހުން މި ދެޓީމު ބައްދަލުކޮއްފަވަނީ މީގެ 18 އަހަރު ކުރިން ޔޫރޯ ކޮލިފައިންގައިއެވެ. އެ މެޗު 4-0 ލަނޑުން ކާމިޔާބު ކުރީ އިޓަލީއެވެ.
ކޮމެންޓު ފޮނުވާ