ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 އިންސައްތަ ނިމިފައި ވާކަމަށް އެ މަސައްކަތް ކުރަމުންދަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނެފި އެވެ.
ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 އިންސައްތަ ނިމިފައިވާއިރު، އައު ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 96 އިންސައްތަވެސް ނިމިފައި ވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1,280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 96 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/7vle2SIW9Z
— MTCC Plc (@MTCCPlc) June 15, 2021
މި މަޝްރޫޢަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ނ. ލަންދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 10 ޑިސެމްބަރ 2019 ގައެވެ.
ކޮމެންޓު ފޮނުވާ