ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުކުމެ ނުއަގުގައި ބަކަރި ވިއްކާން ގަންނާނެއްބާ ގޮވުމަކީ ބަނޑަށް ޖެހުނީމުން ކުރާކަހަލަ ކަންތަކެއްކަމަށް ވިދާލުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ބޮންޑެ ސަރުކާރަށް ފާޑުވިދާޅުވެފައިމިވަނީ، ރާއްޖޭގައި އެއަރޕޯޓްތައް ހިންގުން ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ދެވޭގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ސަރުކާރަށް ފާޑުވިދާޅުވެ ބޮންޑެ ވިދާޅުވީ، ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެކަމަށެވެ. ދުނިޔޭގެ ބާޒާރު ހުއްޓިފައިވާ ވަގުތެއްގައި ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުކުމެ ނުއަގުގައި ބަކަރި ވިއްކާން ގަންނާނެއްބާ ގޮވުމަކީ ބަނޑަށް ޖެހުނީމައި ކުރާކަހަލަ ކަންތަކެއްކަމަށް ބޮންޑެ ވިދާޅުވިއެވެ.
ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެއެވެ . ދުނިޔޭގެ ބާޒާރު ހުއްޓިފައިވާ ވަގުތެއްގައި ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުކުމެ ނުއަގުގައި ބަކަރި ވިއްކާން ގަންނާނެއްބާ ގޮވުމަކީ ބަނޑަށް ޖެހުނީމައި ކުރާކަހަލަ ކަންތަކެވެ.
– އިބްރާހީމް ރަޝީދު
ބޮންޑެ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން އިއްޔެ ގެޒެޓުކުރި އިސްލާހުގައި ބުނެފައިވަނީ، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެކަމަށެވެ. އަދި އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް%100 ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން، މަޖިލީހުން ހަދަމުން އަންނަ އިންކުއަރީއާއި ގުޅިގެން އުފެނު ޚިޔާލުތަފާތުވުމުގައި ރައީސް ނަޝީދަށް ތާޢީދުކުރައްވާ މަޖިލިސް މެންބަރުން ގެންދަވަނީ ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ