ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ބަލިކޮށް ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ދެ ވަނަ ފަަހަރަށް ފްރެންޗް އޯޕަން ޗެމްޕިއަންކަން ހޯދައިފި އެވެ.
ޖޮކޮވިޗް މި ފަހަރުގެ ފައިނަލުން މޮޅުވީ އުނދަގުލުންނެވެ. މިރޭގެ މެޗުގެ ސެޓުތައް ދިޔައީ 6-7 (6-8) 2-6 6-3 6-2 6-4. އިންނެވެ. މުހިއްމު ވަގުތުތަކުގައި ސިޓްސިޕާސް ކައިރިން އުމުރުން 34 އަހަރުގެ ޖޮކޮވިޗް ވަނީ ތަޖުރިބާގެ ބޭނުންހިފައިފަ އެވެ. ޖޮކޮވިޗް ފައިނަލުން ފުުރުސަތު ހޯދީ ސެމީ ފައިނަލުގައި މި މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދާފައިވާ ރަފައެލް ނަޑާލް ބަލިކުރުމަށް ފަހު އެވެ. ޓެނިހުގެ ގްރޭންޑް ސްލޭމް ކާމިޔާބީގެ ލިސްޓުގެ އެންމެ ކުރީގައި ނަޑާލާއި ރޮޖާ ފެޑެރާ އޮތީ އެއްވަރުވެފަ އެވެ. އެއީ ކޮންމެ ކުޅުންތެރިއަކު 20 މުބާރާތް ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗް ވަނީ މި ފަހަރުގެ ފްރެންޗް އޯޕަން ތަށްޓާ އެކު 19 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ޖޮކޮވިޗް އެންމެ ފުރަތަމަ ފްރެންޗް އޯޕަން ކާމިޔާބުކުރީ 2016 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ