ތަޚްޤީޤު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެ

ތަޚްޤީޤު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެ

Author
ޢަލީ އާދަމް
23 އޮކްޓޯބަރ 2020 09:20
0

ތަހްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ކުރި ޓްވީޓްގައި ވީޑިއޯ އާންމުކޮށް ވިދާޅުވީ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ.

އޭނާ ހޯދަމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.