ހުޅުމާލޭގައި ހަދާ ދެވަނަ ކޯވިޑް ފެސިލިޓީގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ހުޅުމާލޭގައި ހަދާ ދެވަނަ ކޯވިޑް ފެސިލިޓީގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

Author
ޢަލީ އާދަމް
13 ޖޫން 2021 08:15
0

ކޯވިޑް ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމްކުރާ ދެވަނަ މެޑިކަލް ފެސިލީޓީގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ބައްލަވާލައްވައިފި އެވެ.

ކޯވިޑް ބަލިމީހުންނަށް ހާއްސަ ދެވަނަ ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ރާއްޖޭގައި ކޯވިޑް ކޭސްތައް ގިނަވެ އެ ބަލީގައި ފަރުވާ ދޭން ޖެހޭ މީހުން އިތުރުވެ ފަރުވާ ދެމުންދާ ފެސިލިޓީތައް ފުރުމާ ގާތްވުމުންނެވެ.

ހުޅުމާލޭގައި 2 ވަނަ ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި ބަދަލުކުރަނީ ހުޅުމާލެ ޑިސްޓްރިބިއުޝަން ސެންޓަރގެ އިމާރާތެވެ.

ރައީސުލްޖުމްހޫރިއްޔާ މި އިމާރާތުގެ މަސައްކަތް ބައްލަވާލައްވަން ވަޑައިގަތުމުން މި އިމާރާތާއި ގުޅޭ މަޢުލޫމާތު ދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް އެވެ. އަދި މީގެ އިތުރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވެސް ވަނީ ރައީސްގެ އަރިހުގައި އެތަނުގެ މަސައްކަތް ބައްލަވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.