ކޯވިޑްގައި 197 ވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑްގައި 197 ވަނަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
13 ޖޫން 2021 09:51
0

ރާއްޖެއިން ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ރޭ ފަތިހު 04:47ގައު އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިބަލީގައި ނިޔާވި197ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 180 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް ބަލީގައި އިއްޔެ ވަނީ ޢުމުރުން 25 އަހަރުގެ އަންހެނެއްވެސް ހިމެނެއެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅު ފ.ނިލަންދޫ އިން ކޯވިޑަށް ޕޮޒިޓިވްވެ ހާލު ދެރަވެގެން މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދުއެވެ. ދަނިކޮށެވެ. ސަމީއާ ކޯވިޑަށް ޕޮޒިޓިވްވީ ވިހަން ވަރަށް ކައިރިވެފައި ވަނިކޮށް އޭނާގެ ރަށުގައި ހުއްޓައެވެ. އޭނާގެ ހާލު ސީރިއަސް ވާތީ މާލެ ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެންނެވެ. މިއީ މަރުވި މީހާގެ އަލަތު ދަރިފުޅެވެ. އޭނާ ނިޔާވެފައިވަނީ ވިހެއި ދަރިފުޅުވެސް ނުފެނިއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ދަށްވާން ފަށާފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން ހޮސްޕިޓަލުިގައި ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު ވަނީ ގިނަ ދުވަސްތަކަކަށްފަހު 100އިން ދަށަށް ޖެހިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.