މިއީ އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަން: މޫކޭ

މިއީ އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަން: މޫކޭ

Author
މުޙައްމަދު ޖިމީ
13 ޖޫން 2021 10:06
0

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަކީ މިހާތަނަށް ރާއްޖޭގައި އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިމިވަނީ، އެމްޑީޕީގެ ތެރޭގައި ޚިޔާލަުތަފާތުވުން ބޮޑުވެ ޕާޓީ ދެބައިވެފައިވާ ދަނޑިވަޅެއްގައެވެ. ވަޑިމޫކެ ވިދާޅުވީ، މިއީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތްކޮށް، ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ، ޞިއްޙީ ނިޒާމު އަދި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުރިއެރުވި ސަރުކާރުކަމަށެވެ. އަދި މިއީ މިނިވަން މުއައްސަސާތަކާއި ލާމަރުކަޒީ ނިޒާމަށް އެންމެ ހެޔޮ، އަންހެންނުން ބާރުވެރިކުރި، އަދި އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޑިމޫކެ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާޢީދުކުރާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި، މިސަރުކާރުގެ ސިޔާސަތަށް މިހާރު ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ނުކުރާކަމުގެ ތުހުމަތުވެސް އަންނަނީ ސަރުކާރަށް ކުރަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފުވެސް ވަނީ، އެމްޑީޕީ ދެބައިވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެޕާޓީގެ މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވި ކަންކަން ސަރުކާރުން ބޭނުން ނުވީމަކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ދެބައިވީ އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫހާކަން ފެށީމާއި، ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެެވެ. އަދި ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުނީމަކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދޮންބެ
ތިމާއަށް މިހުރެވެނީ ކޯޕަރޭޓް މަގާމެއްގަތޯ ނޫނީ ސިޔާސީ މަގާމެއްގަތޯ ނޭނގޭވަރު ބތ އިން ކޮންމެފަދައެއްޗެއްވެސް ކިޔާފާނެ. ހީނުކުރޭ އެންމެން ތިބެނީ ހަމަޔަކުނޫނޭ
އ އައިސް
މޮޔަ ކޭ