ޢަދަދުތަށް ދަށަށް، މާލެއިން ޕޮޒިޓިވްވީ 88 މީހުން

ޢަދަދުތަށް ދަށަށް، މާލެއިން ޕޮޒިޓިވްވީ 88 މީހުން

Author
މުޙައްމަދު ޖިމީ
12 ޖޫން 2021 10:00
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 246މީހުން ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 200ގެ ޢަދަދުތަކަށް ދަށަށް ޖެހިލާފައިމިވަނީ މަހެއްހާ ދުވަސް ފަހުންނެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި 246 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 88 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި137 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހުންގެ އިތުރުން ތަރައްޤީކުރަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި 8 މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 70،077އަށް އަރާފައެވެ.

ޕޮޒިޓިވްވީ އަދަދު މަދުވުމާއި ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 11،041އަށް ދަށްވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 97މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 2،273މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 58،832އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 4،788ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި 3 މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 195އަށް އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.