ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މެޑަމް ނަސްރީނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ، އެގޭގައި ދިރިއުޅުއްވާ އެހެން ބަޔަކު ޕޮޒިޓިވްވުމުން، އެކަމަނާވެސް ކޯވިޑް ޓެސްޓް ހެއްދެވުމުންނެވެ. މެޑަމް ނަސްރީނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރައީސް މައުމޫންވެސް ކޯވިޑަށް ޓެސްޓްކުރައްވާ ވަނީ ނެގެޓިވްވެފައެވެ.
ރައީސް މައުމޫން މީގެ ކުރިން ކޯވިޑަށް ޕޮޒިޓިްވެފައިއެވެ. އެމަނިކުފާނު ޕޮޒިޓިވްވީ މިދިޔަ އަހަރުގެ އޮގަސްޓް 25 ގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަކުގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ބަލިން ފަސޭހަފުޅުވީ ސެޕްޓެމްބަރު14ގައެވެ.
މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދުވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެކަމަނާވެސް މިހާރުވަނީ ބަލިން ފަސޭހަފުޅުވެފައެވެ.
ކޮމެންޓު ފޮނުވާ