އެމްޑީޕީ ދެބައިވެގެން އުޅެނީ، ބައެއް ބޭފުޅުން ވެރިކަމަށް އޮތް ދަހިވެތިކަމުގެ ސަބަބުން: ޢަލީ ޒައިދު

އެމްޑީޕީ ދެބައިވެގެން އުޅެނީ، ބައެއް ބޭފުޅުން ވެރިކަމަށް އޮތް ދަހިވެތިކަމުގެ ސަބަބުން: ޢަލީ ޒައިދު

Author
މުޙައްމަދު ޖިމީ
11 ޖޫން 2021 08:40
0

އެމްޑީޕީ ދެބައިވެގެން އުޅެނީ އެޕާޓިގެ ބައެއް ބޭފުޅުން ވެރިކަމަށް އޮތް ދަހިވެތިކަމުގެ ސަބަބުންކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން، އެ މައްސަލައިގެ އިންކުއަރީއެއް މަޖިލީހުން ހަދަމުން އަންނައިރު، އެ ތަހުގީގްގެ މިސްރާބު ބަދަލުކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް، ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީ މަޖިލިސް ބައެއް މެންބަރުން ދަނީ ވިދާޅުވަމުންނެވެ. އަދި މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.2018 ވަނަ އަހަރު ވެރިކަން ލިބުނު ހިސާބުން އެމްޑީޕީ ދެބައި ވެއްޖެ ކަމަށް ރައީސް ނަޝީދުގެ އަރިސް މެންބަރެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވަނީ ވިދާޅުވެފައެވެ.ވައްޑެ މިހެން ވިދާޅުވީ އެމްޑީޕީއަށް ވެރިކަމުގެ 2 ބާރު ލިބިފައި ވާއިރު ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އަދި އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީޕީގެ ތެރޭގައި މި ޚިޔާލުތަފާތުވުންތައް އުފެދިފައިވަނިކޮށް، އެކަމަށް އިޝާރާތްކުރައްވާ ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު މިއަދު ވިދާޅުވީ، އެމްޑީޕީ ދެބައިވެގެން އުޅެނީ ބައެއް ބޭފުޅުންގެ ކެތްތެރިކަން ކުޑަވެ ވެރިކަމަށް އޮތް ދަހިވެތިކަމުގެ ސަބަބުންކަމަށެވެ.

އެމްޑީޕީގެ މި ދަންނަވާ ފެލްޝަންއަށް އެނގިނުލައްވާ ކަންނޭނގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ހޮވާފައިވަނީ 5 އަހަރަށްކަމެއް! އަޅުގަނޑު އިރާދަކުރެއްވިއްޔާ ދުވަހަކުވެސް މިދަންނަވާ ފެކްޝަނަށް ތާޢީދެއް ނުކުރާނަން!

– ޢަލީ ޒައިދު

ޢަލީ ޒައިދު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ފާޅުގައި ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.