ހިއްސާގެ މައްސަލަ ސާފުކުރުމަށްފަހު ޑރ.ޙުސައިންއަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

ހިއްސާގެ މައްސަލަ ސާފުކުރުމަށްފަހު ޑރ.ޙުސައިންއަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
11 ޖޫން 2021 07:48
0

މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް ޑރ.ޙުސައިން ރަޝީދު ޙަސަންއަށް ރުހުން ދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓަރުކަމަށް ޑރ ހުސެއިން ރަޝީދު އައްޔަންކުރައްވާ އެންވަޔަރަމެންޓް މިނިސްޓްރީއަށް އައިމިނަތު ޝައުނާ އައްޔަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ބަދަލު ގެންނަވާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެ ދެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވުމުން، މިނިސްޓަރ ޝައުނާއަށް ރުހުންދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި މިިދޔަ ބުދަދުވަހު މިނިސްޓަރ ޝައުނާއަށް މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވެއެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދަށް ރުހުންދިނުން ކޮމިޓީން ފަސްކޮށްފައިވަނީ، އަމިއްލަ ކުންފުންޏެއްގައި މިނިސްޓަރ ޙުސައިންގެ ހިއްސާ އޮތުމުންނެވެ. އެހެންކަމުން ދައުލަތުގެ ބަންޑާރަނާއިބުގެ ލަފައެއް ހޯއްދެވުމަށްފަހު މިއަދު ވަނީ ކޮމިޓީން ޑރ.ޙުސައިންއަށް ރުހުން ދެއްވާފައެވެ. ކޮމިޓީން އެމަނިކުފާނަށް ރުހުން ދެއްވާފައިވަނީ، އަމިއްލަ ކުންފުންޏެއްގައި އޮތީ މިނިސްޓަރ ޑރ.ޙުސައިންއަށް އާމްދަނީ ލިބޭ ހިއްސާއަލަށް ނުވާތީއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ ޑރ.ޙުސައިންރަޝީދު ވަނީ ފަހުން އެކުންފުނީގެ ހިއްސާ ދޫކޮށްލާފައެވެ.

ކޮމިޓީން ރުހުންދޭން ފެންނަކަމަށް ފާސްކުރުމާއެކު، ރުހުންދިނުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.