މާރިޔާ ނަޝީދަށް ގެއްލުންވާނެ ކަމެއްނުކުރާނެ، އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއްނެތް: ބިގޭ

މާރިޔާ ނަޝީދަށް ގެއްލުންވާނެ ކަމެއްނުކުރާނެ، އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއްނެތް: ބިގޭ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2021 10:20
0

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަކީ އެމްޑީޕީގެ މަންމަ ކަމަށާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލުންވާނެ އެއްވެސް ކަމަކަށް މާރިޔާ ދީދީ ޖާގަ ނުދެއްވާނެކަމަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހު އެމްޑީޕީ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ މާރިޔާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މާރިޔާ މަޤާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލަމުންނެވެ. މިކަމާއި ގުޅިގެން ބިގޭ ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް މާރިޔާ ހުންނަވައިގެން ރައީސް ނަޝީދަށް ދެރަވާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށެވެ. އަދި އެއީ ޒާތީ ގޮތުންވެސް އަދި ސިޔާސީ ގޮތުން ބެލި ކަމުގައިވީނަމަވެސް މާރިޔާ، ރައީސް ނަޝީދަށް ދެރަގޮތެއްވާން ނެދޭނެކަމީ ޔަގީން ކަމެއްކަމަށެވެ.

މާރިޔާއަކީ އެމްޑީޕީގެ މަންމަ. ނަޝީދަށް ގެއްލުންވާވަރުގެ ކަމެއް މާރިޔާ ނުކުރާނެ، ސިޔާސީ ގޮތުންވެސް ފަރުދީ ގޮތުންވެސް މާރިޔާ ނުކުރާނެ. ވަޒީރަކު އިސްތިއުފާ ދޭންޖެހޭނީ ތުހުމަތު ކުރެވޭ ކަމެއްގައި ސާފުކޮށް ހެކިހުރެގެން. އަދި ނެތް މާރިޔާ ވަކިކުރަންޖެހޭ ހާލަތެއްވެސް އިސްތިއުފާ ދޭންޖެހޭ ހާލަތެއްވެސް.

– ބިގޭ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމި ނިންމުމާއިއެކު ބިގޭއަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިނިސްޓަރ މާރިޔާއާއިމެދު ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރަން ފަށާފައިވަނީ މިމައްސަލާގައި ސީދާ މާރިޔާއަށް ކުރީބައިގައި މައުލޫމާތު ދިނުމުންވެސް މާރިޔާ މިކަމަށް އިޖާބާ ނުދިނުން ކަމަށް ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު މިނިސްޓަރ މާރިޔާއަށް ދެއްވިކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަނާނާ
ބޮޑު ކަމެއް ތިހިނގީ.އެބަޔަކަށް އަދަބު ލިބެންޖެހޭނެ..އެކަމަކު ލައިލާ އަށް ލިބުނު ގެއްލުމުގެ އަގު ދައްކާނީ ކާކު؟ އޭނާގެ ފިރިމީހާ ޖަހައިގަތުން އެއީ ކުޑަފަދަ ކަމެއްނޫންދޯ؟
ސ ސަލީމް
ތިބުނާކަމަނާ ލޯޔަރުކަންކޮށްގެއްނޫތޯ ރރ.އަތޮޅުއަގުޅަތީމަށްފޮނުވާލީ ...މިހާރުހިގާގެންމިއުޅެނީކުޑަކަމެށްނޫ .... ¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿
އ އުދުހޭކޮކާ
ބިގޭ ބުންޏަސް އެއީ ތެދެއް.....އަންނި ދެކެ މާރިޔާ ވަރަށް ލޯބިވާނެ.މަސްއަލަ އަކީ ހިސާނު މާގާތް ކޮށްލީމަ.