ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ޒާތީ މަޢުލޫމާތުތަކެއް ވިއްކާ މައްސަލަ ފުލުހުން ބަލަމުން އަންނަކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒްއެވެ.
ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި.
— Mabrook Azeez (@MvSpokesperson) June 10, 2021
ނަމަވެސް އިތުރު ތަފްސީލެއް ހާމަނުކުރައްވައެވެ.
ޒާތީ މަޢުލޫމާތު ވިއްކާ ބައެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، އެގްރޫޕުން އަންނަނީ އަންހެން ކުދިންގެ ފޮޓޯއާއި ފޯނު ނަންބަރާއި ސްނެޕްޗެޓާއި، އައިޑީކާޑުގެ މަޢުލޫމާތުފަދަ މަޢުލޫމާތުތައް ވިއްކަމުންނެވެ.
އެ ގްރޫޕްގެ މައްސަލަ ބައެއް ފަރާތްތަކުން ވަނީ ޓްވިޓާގައި ސަމާލުކަމަށް ގެނެސްފައެވެ. އަދި އެ ގްރޫޕް ހިންގާ މީހާގެ މަޢޫލޫމާތުވެސް ވަނީ ޢާންމުވެފައެވެ.
އެ ގްރޫޕުން އަންހެންކުދިންގެ ފޮޓޯއާއެކު ފޯނު ނަންބަރާއި އެހެންވެސް ބައެއް މަޢުލޫމާތުތައް ވިއްކަނީ، އެ މަޢޫލޫމާތު ބޭނުންވާނަމަ އެކައުންޓަށ ފައިސާ ޓްރާސްފާކުރުމުންކަމަށް އަންނަނީ ބުނަމުންނެވެ. އެ ގްރޫޕްގައި 500އަށް ވުރެ ގިނަ މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ކޮމެންޓު ފޮނުވާ