ހިޔާ ފްލެޓްތަކުގައ އަޅާ ގޭސް ހޮޅި ނެޓްވޯކް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ

ހިޔާ ފްލެޓްތަކުގައ އަޅާ ގޭސް ހޮޅި ނެޓްވޯކް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
11 ޖޫން 2021 11:42
0

ހިޔާ ފްލެޓުތަކަށް ކައްކާ ގޭސް ފޯރުކޮށްދިނުމަށް އަޅާ ގޭސް ހޮޅީގެ ނެޓްވޯކްގެ ޑިޒައިން އަދި ކޮންސަލްޓެންސީ ބީލަން ހުޅުވާލައިފިއެވެ.

މޯލްޑިވް ގޭސްއިން ބުނީ، 25 ބުރީގެ ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅާނެ ގޮތުގެ ކޮންސެޕްޓް ޑިޒައިން އަދި ކޮންސަލްޓެންސީ އަށް ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ޤަވައިދުތަަކާ އެއްގޮތަށް ހިޔާ ފްލެޓުތަކަށް އެލްޕީޖީ ގޭސް ޕައިޕް ނެޓްވޯކު އެޅުމަށް ބޭނުންވާ ފުރަތަމަ ސްޓޭޖުގެ މަސައްކަތަށް ޑިޒައިން އެންޑް ކޮންސަލްޓެންސީ މަސައްކަތްކުރާ ފާމް ތަކަށް ހުޅުވާލާފައިވާކަމަށް މޯލްޑިވްސް ގޭސްއިން ބުންޏެވެ. މި މަސައްކަތަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކުން މި މަހުގެ 19ގެ ކުރިން ބިޑް ޑޮކިޔުމެންޓު ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

މޯލްޑިވް ގޭސް އިން ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ޓައިޕް އޭ އަދި ޓައިޕް "ބީ" ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަށް ކޮންމެ ޓައިޕަކަށް ވަކިވަކިން ޓީޓެއިލްޑް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިގޮތުން ޓައިޕް "އޭ"ގެ 10 ޓަވަރުގައި 3840 އެޕާޓްމެންޓު ހުރެއެވެ. އަދި ޓައިބް "ބީ"ގެ 6 ޓަވަރުގައި 2880 އެޕާޓްމެންޓު ހުރެއެވެ.

ހިޔާ ފްލެޓްތަކަށް ގޭސް ވިއުގައެއް މެދުވެރިކޮށް ގޭސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ، މިގޮތަށް ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ. ގޭސް ފޯރުކޮށްދިނުމަށް ވިއުގައެއް އެޅުމަށް ނިންމާފައިވަނީ އުސް އިމާރާތްތަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށެވެ.

ހިޔާ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ފްލެޓްތަކަށް މީހުން ބަދަލުވުމަށް ކުރިއަށްގެންދަންޖެހޭ ފަހުގެ މަސައްކަތްތަކެވެ. ފައިނަލް ލިސްޓް އާއްމުކޮށް، ފްލެޓްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީހުން ބަދަލުވުމުގެ ކުރިން ފްލެޓްތަކުގައި ހުންނަންޖެހޭ އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވަނީ ފަށާފައެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަނީ ވިޔަފާރިތަކާއި އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށެވެ. މިއީ ހިޔާ މަޝްރޫޢުއިން އުނިކުރި 280 ޔުނިޓް ސަރަޙައްދުގައި ހަދާ ތަންތަނެވެ. މީގެތެރޭގައި ކުދި ފިހާރަތަކާއި، ސުޕަރ މާކެޓާއި، ބޯކޮށާ ތަންތަނާއި، ބުކްޝޮޕާއި، ބޭސްފިހާރައާއި، ކްލިނިކާއި، ކެފޭ ރެސްޓޯރަންޓްފަދަ ޚިދުމަތްތަކަށް ޖާގަވަނީ ކަނޑައަޅާފައެވެ.

ހިޔާ މަޝްރޫޢަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ހިޔާގެ 6720 ހައުސިންގ ޔުނިޓަށް 25000އަށްވުރެ ބޮޑު އާބާދީއެއް ބަދަލުވާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮބާ
ތި އަދަދަށް ވުރެ މާ ގިނަ ވާނެ ކަމުގެ ޔަގީން! 100 ޕަސެންޓް މަ ދޭނަން. އެތަނުގަ ޔަގީނުންވެސް 30،000 މީހުން އުޅޭނެ.
A Abdulla Mahir
ނުހިނދޭ ކުޅިގަނޑެއް! ކުލި ދައްކާ ގިބަބަޔަކު ތިތަނަށް ބަދަލް ވުމުން ކުލިނުލިބި މަހުޖަނުން ނާއި، ސަރުކާރުގެ ބޮޑުން ބޭންކަށް ދަރާފާނެތީ ފަހަރަކު ކަމެއް ބޯމަތި ކުރުވައި ރައްޔިތުން ޙާލުގަ ޖައްސަނީ!، ވޯޓް ހޯދަން ޖަހާ މަޅި! ޢަހުރެމެން ވެސް ވިސްނުން ބަހައްޓާނަމު އިނގޭ.