ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދި ދިގުލައިގެން ދިއުމަކީ އެންމެނަށް އޮތް ބިރެއް: ވައްޑެ

ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދި ދިގުލައިގެން ދިއުމަކީ އެންމެނަށް އޮތް ބިރެއް: ވައްޑެ

Author
މުޙައްމަދު ޖިމީ
11 ޖޫން 2021 01:56
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދި ދިގުލައިގެން ދިއުމަކީ އެންމެނަށް އޮތް ބިރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން، މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ވީނަމަވެސް، އެ ހަމަލާ ރޭވުމަށް ފަނޑުކުރި ބަޔަކު ހައްޔަރުކުރިކަމެއް ސަލާމަތީ ޚިދުމަތްތަކުން ހާމަކޮށްފައެއް ނުވެއެވެ. މިއާއެކު ރައީސް ނަޝީދަށް ތާޢީދުކުރާ ބައެއް ފަރާތްތަކުންނާއި، މަޖިލީހުގެ ބައެއް އެމްޑީޕީ މެންބަރުން ގެންދަނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

މިގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ ހިންގި ގޮތާއި، ރާވައި ހިންގުވި ގޮތާއި، ފަހަތުގައި ތިބި ބަޔަކާއި ފަންޑުކުރި ބަޔަކު އަދި ނުހޯދި ދިގުލައި ދާކަމީ އެންމެނަށް އޮތް ބިރެއްކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިންތާ މިހާރު އެއް މަސްދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ. ނަމަވެސް ހަމަލާއަށް ފަންޑުކުރި މީހުންނާއި، އޭގެ ފަހަތުގައި ތިބި ބަޔަކު ދެނެގަނެވިފައި ނުވާތީ ރައީސް ނަޝީދަށް ތާޢީުކުރާ ފަރާޓްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަަނަށް ހައްޔަރުކުރި ހަތަރު މީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ. މީގެތެރެއިން އަދުހަމް އަޙްމަދަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ސައިކަލްގައި ހަރުކޮށްފައި އޮތް ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. ފުލުހުން އާއްމުކުރި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ފިލާ ހުރެކަން އެގެއެވެ. ދެން މި މައްސަލާގައި ހަރަުކޮށްފައިވާ ތަހްމީނު އަޙްމަދަކީ ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރި ފަރާތެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ އިތުރުން މި ހަމަލާދިނުމުގެ ފަހަތުގައި ތިބެ އެކަމަށް ހަރަދުކުރީ ކޮންބައެއްތޯވެސް ހޯދާނެކަމަށެވެ. އަދި މިކަމަށް ފަންޑުކުރި މީހުން ހޯދުމަށް ރައީސް ނަޝީދުވެސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި އެ ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށްފަހު ޖަރުމަންވިލާތަށް ވަޑައިގެން އިތުރު ފަރުވާ ވަނީ ހޯއްދަވާފައެވެ. އަދި އަންނަ މަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭވަރު ވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޑ ޑީމަކްރަތީ
ބަލަ ވަހީދު (ވައްޑޭ) ބަލަހާދަވަރެއްތިވަނީ އިންޑިޔާއިން ކިހާވަރެއްދިންތޯ؟ މިކަހަލަ ބޮންޑާޔާ ވައްޑޭޔާ މިކައިލް ހިންތި މިކަހަލަ ދެކޮޅުނުޖެހޭވިސްނުން ގެންގުޅޭތީ ބިރުވެރިވަނީ މިގައުމައް ހެޔޮއެދޭމިހުން ރީދޫޕާޓީ ގާ ވަރައްމަދު ގިނައީ ގައުމައްގައްދާރުން ޥަގުތީއުފާ ވަގުތީފައިދާ އީވާގެ ސާބެއައްހުރިހާ ސާވޭތައްކުރުމުގެނަފާ މިގައުމުގާ މަޖުލީހުގާކޮވިޑު މަރުވާމީހެއްގެވާހަކަދައްކާތ؟ ވެކްސިންވާހަކަދައްކާތަ؟ކޮމެސްއެހެން މީހެސަލާމަތްމުވެގެންއެކަންމިކުރަނީ ކޮބައި އެތައްލައްކަރައްުޔަތުން؟؟؟؟؟