ބްރެޒިލް ކުޅުންތެރިން މުބާރާތް ބޭއްވުމާ ދެކޮޅު

ބްރެޒިލް ކުޅުންތެރިން މުބާރާތް ބޭއްވުމާ ދެކޮޅު

Author
އިބްރާހީމް ސާޢިދު
10 ޖޫން 2021 03:45
0

ކޮވިޑް-19ގެ ހާލަތު ބްރެޒިލްގައި ގޯސްވެފައިވާ ވަގުތެއްގައި އެ ގައުމުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރަން ނިންމާފައިވާތީ އެކަމާ މެދު ބްރެޒިލްގެ ކުޅުންތެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ވަކިވަކިން ކޮންމެ ކުޅުންތެރިއަކު ބަޔާނެއް ނެރެފިއެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މި ފަހަރު ކޮޕަ އެމެރިކާ އެންމެ ފުރަތަމަ ހޯސްޓް ކުރަން ބެލި އާޖެންޓީނާ އާއި ކޮލަމްބިއާގައި އެކަން ނުކުރެވުނެވެ. ބިޑަށް ހުޅުވާލައިގެން ކޮޕަ އެމެރިކާ ހޯސްޓްކުރަން ދިން ފުރުސަތުގައި ބްރެޒިލް އިން މުބާރާތް ބޭއްވުމުގެ ފުރުސަތު ހޯދި އެވެ. މުބާރާތް ހޯސްޓްކުރުމާ މެދު ބްރެޒިލްގެ އާންމުންގެ ހިތްހަމަަނުޖެހުންތައް ހުރުމުން ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން މުބާރާތް ބޮއިކޮޓް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބްރެޒިލްގެ ކޯޗު ވަނީ ބުނެފައެވެ. ކުޅުންތެރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ އާދިއްތަ ދުވަހު ފަށަން ނިންމާފައިވާ މުބާރާތް ބޮއިކޮޓް ނުކުރާނެ ކަމަށެެވެ.

ކުޅުންތެރިން އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓްތަކުގައި ވަނީ ކޮޕަ އެމެރިކާ ހޯސްޓްކުރަން ބްރެޒިލް ސަރުކާރުން ނިންމިއިރު މީގެ އާންމުން ދެކޭގޮތާއި ކުޅުންތެރިންގެ ވިސްނުމަކީ ކޮބައިތޯ އޮޅުންފިލުވާފައިނުވަނީ ކީއްވެތޯ ކުޅުންތެރިން ވަނީ ސުވާލުކޮށްފަ އެވެ. ބްރެޒިލުން ވަނީ 2019 އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.