އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑާއި، އުޅަނދުތަކުގެ ރަޖިސްޓްރީތައް ދޫކުރުމަށް ސެލްފު ސާރވިސް މެޝިނެއް ބަހައްޓައިފިއެވެ.
ސެލްފް ސަރވިސް މި ޚިދުމަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މުޅިން އަލަށް ފެށި ޚިދުމަތެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ކާޑާ، ރަޖިސްޓްރީތަށް ދޫކުރުމަށް ޤާއިމުކުރި ސެލްފް ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. މި ސެންޓަރު ހުންނާނީ ޓްރާންސްޕޯޓް އޮތޯރިޓީ މިހާރު ހިންގަމުން އަންނަ މ.ޗަނބޭލީވިލާ(މާފަންނު ސްޓަރސިނަމާ އިމާރާތް)ގެ 2ވަނަ ފަންގިފިލާފައެވެ.
މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ޚިދުމަތަކީ ކިއުގައި ނުޖެހި އަވަސް، ފަސޭހަ ޚިދުމަތެއް ދިނުމަށްޓަކާ ޤާއިމުކުރި ޚިދުމަތެއްކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. މި ސެންޓަރުން ދޫކުރާ ކާޑާއި ރެޖިސްޓްރީ ތައްޔާރުވުމުން އެކަން ވެރިފަރާތައް އަންގާނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރަމުންދާ ލައިސަންސް ކާޑާއި ރަޖިސްޓަރީތައް ދެން ދޫކުރަމުންގެންދާނީ މި އޮފީހުގެ 2 ވަނަ ފަންގިފިލާގައި ބަހައްޓާފައިވާ ސެލްފް ކަލެކްޝަން ސްޓޭޝަންއިން. pic.twitter.com/pHi30AlpDx
— Ministry of Transport and Civil Aviation (@MoTCAmv) June 8, 2021
ކޯވިޑާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އަލަށް އެދޭ މީހުންނަށް އެ ޚިދުމަތް ދިނުން ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ. އެ ޚިދުމަތް މެދުކަނޑާލީ މޭ މަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް އެއްގަމު އުޅަނދު ލައިސަންސް އާކުރުމާއި ރެޖިސްޓްރޭޝަންއާ ގުޅޭ ޚިދުމަތް މިހާރުވެސް އަންނަނީ ދެމުންނެވެ. މި ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ