މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މިމަހުގެ 15އަށް ދިގު ދަންމާލައިފި

މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މިމަހުގެ 15އަށް ދިގު ދަންމާލައިފި

Author
ޢަލީ އާދަމް
09 ޖޫން 2021 01:28
0

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ހަރުކަށިކޮށްފައިވާ ފިޔަވަޅުތައް މިމަހުގެ 15 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމުގައި ވަނީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހުންފެށިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދެމެހެއްޓުމަށް ނިންމަވާފައި ވާކަމަށެވެ.

އެގޮތުން އެޗްޕީއޭ އިން މޭ 26 ވަނަ ދުވަހުންފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 16:00 އިން އަނެއްދުވަހުގެ ހެނދުނު 08:00އަށް ކާފިއު ހިންގުމާއި އެނޫން ވަގުތުތަކުގައި ވެސް ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭގޮތަށް ވަނީ ނިންމާފައެވެ. އެގޮތަށް ނުކުމެ އުޅެވޭނީވެސް ހަަމައެކަނި ހުއްދަ އޮންނަ ފަރާތްތަކަށް ކަން ވަނީ ކަނޑައަޅާފަ އެވެ.

އަދި ކެފޭ/ރެސްޓޯރެންޓްތަކުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 6 އިން މެންދަމު 12 އަށްކަމަށާއި، ފިހާރަތަކުންވެސް ޑެލިވަރީގެ ހިދުމަތްދޭގޮތަށް، މިދިޔަ މަހު ހަރުކަށިކުރި ފިޔަވަޅުތައްތެރޭ ވަނީ ހިމަނާފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ހަރުކަށި ފިޔަވަޅުތަކާއެކު އެއް ހަފްތާ ބެލުމަށްފަހު ނުކުންނަ ނަތީޖާއަށް ރަނގަޅަށް ބަލައިގެން ލަސްލަހުން ލުއިތަށް ދެމުންގެންދިއުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.