މެސީ ފަހަތަށް ޖައްްސާލާ ލަނޑު ލިސްޓުގެ ދެވަނައަށް ޗެތުރީ

މެސީ ފަހަތަށް ޖައްްސާލާ ލަނޑު ލިސްޓުގެ ދެވަނައަށް ޗެތުރީ

Author
އިބްރާހީމް ސާޢިދު
08 ޖޫން 2021 06:17
0

ގައުމީ ޓީމަށް ކުޅެމުން އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިންގެ ލިސްޓުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިޔޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ކުރި ހޯދައިފި އެވެ.

ބަންގްލަދޭޝް ކޮޅަށް ރޭ ޗެތުރީ ވައްދާލި ދެ ގޯލާއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު 74 އަށް އެރީ އެވެ.  މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް ކާމިޔާބުކޮށްދީފައިވާ ގޯލްގެ އަދަދަކީ 72 އެވެ. މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިން ހިމެނޭ ލިސްޓުގައި ޗެތުރީ މިހާރު އޮތީ ދެވަނައިގަ އެވެ. މެސީގެ މިވަގުތުގެ މަގާމަކީ ހަތަރެކެވެ. 73 ގޯލް ކާމިޔާބުކޮށްގެން ތިންވަނައިގައި އޮތީ ޔޫއޭއީގެ އަލީ މަހްބޫތެވެ.

ލަނޑު ލިސްޓްގެ އެންމެ ކުރީގައި ބޮޑު ތަފާތަކާއެކު އޮތީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ގައުމީ ޓީމަށް 103 ގޯލް ޖަހައިދީފައިވާ ރޮނާލްޑޯގެ މަގާމަށް ނުރައްކަލެއް ނެތް ނަމަވެސް ޗެތުރީ އާއި މަހްބޫތު އަދި މެސީގެ މަގާމް މި ހަފްތާގެ ތެރޭގައިވެސް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މާދަމާ ރޭ ބްރެޒިލުން ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޕެރަގުއޭ އާ ދެކޮޅަށް ނުކުންނައިރު ޔޫއޭއީން އަންނަ ހުކުރު ދުވަހު އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގައި އިންޑޮނޭޝިއާ އާ ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.