އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ) އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އިންތިޚާބް ވެއްޖެއެވެ.
އެކި ގައުމުތަކުން 12 މެމްބަރުން އިންތިޚާބު ކުރި މި ކޮމިޓީއަކީ އދ. ގެ އެސްޕީޓީ އަކީ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ގެ ދަށުން އިންތިޚާބުކުރާ ކޮމެޓީއެކެވެ.
މިއީ މި ކޮމިޓީއަށް ޝޫޖޫން އިންތިޚާބްވި ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް 2011 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ޝުޖޫންވަނީ މި މަޤާމް ފުރުއްވާފައެވެ. އެ ކޮމެޓީ އަށް މެމްބަރުން އިންތިޚާބު ކުރަނީ ތިން އަހަރުގެ ދައުރަކަށެވެ. އަލަށް އިންތިޚާބުކުރި މެމްބަރުންގެ ދައުރު ފެށޭނީ އަންނަ އަހަރު އެވެ.
އެ ކޮމެޓީއަށް ޝުޖޫން އިންތިޚާބުވެ ވަޑައިގަތީ ސްވިޒަލެންޑްގެ ޖެނީވާގައި މިއަދު ބޭއްވި އިންތިޚާބުގައި ކުރިމަތިލެއްވި 19 ކެންޑިޑޭޓުންގެ ތެރެއިންނެވެ.
ކޮމެންޓު ފޮނުވާ