ލިވަޕޫލުގެ ލެޖެންޑް ސްޓީވެން ޖެރާޑް ހޯދަން އެވަޓަނުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޖެރާޑް ހޯދަން އެވަޓަނުން މަސައްކަތް ފެށިއިރު، ޖެރާޑް ވަނީ މެޗަކުން ބަލިނުވެ ރޭންޖާސްއަށް މި ސީޒަނުގެ ސްކޮޓްލެންޑް ލީގު (ސްކޮޓިޝް ޕްރިމިއާޝިޕް) ގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެގޮތުން ލީގު ޗެމްޕިއަންކަން ރޭންޖާސްއިން ހޯދީ ކުޅުނު 38 މެޗުގެ ތެރެއިން 32 މެޗުން މޮޅުވެގެންނެވެ. އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އެވަޓަނުން ޖެރާޑް ހޯދަން މަސައްކަތްކުރަމުން އަންނަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމާ ހަވާލުވި އުމުރުން 61 އަހަރުގެ ކާލޯ އަންޗެލޮޓީ، އެ ކުލަބު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅިގެންނެވެ.
ކުރިއަށް އޮތް ސީޒަނަށް އެވަޓަނުން ޖެރާޑް ގެންނަށް މަސައްކަތްކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ޖެރާޑް ނުލިބެއްޖެނަމަ އެ ކުލަބުން އަންނަނީ ރަފާ ބެނީޓޭޒް ނުވަތަ ޑޭވިޑް މޮޔެސް ހޯދުމަށްވެސް މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ