ޕަތަންގެ ޝޫޓިންގގެ ބާކީ 40 އިންސައްތަ ޔޫރަޕުގައި

ޕަތަންގެ ޝޫޓިންގގެ ބާކީ 40 އިންސައްތަ ޔޫރަޕުގައި

ސުޕަރ ސްޓަރ ޝާހްރުކް ޚާންގެ ފިލްމު "ޕަތަން" އަކީ ބެލުންތެރިން މިހާރު އެންމެ އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. ޝާހުރުކާއިއެކު މި ފިލްމުން ދީޕިކާ ޕަޑްކޯން އަދި ޖޯން އަބްރަހަމް ވެސް ފެނިގެން ދާނެއެވެ.

ކޯވިޑް 19 އާއި ގުޅިގެން އެތަށް ފަހަރެއްގެ މަތިން މި ފިލްމުގެ ޝޫޓިންވަނީ މެދުކަނޑާލަން ޖެހިފައެވެ. އެހެންނަމަ ވެސް މިހާރު ފިލްމުގެ ޝޫޓިން އަލުން ފެށުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުވެގެންދާނީ ބޮލީވުޑްގައި އުފައްދާ އެންމެ ބޮޑު އެއް ފިލްމަށެވެ.

ރިޕޯޓު ލިބިފައިވާ ގޮތުގައި ޕަތާންގެ ބާކީހުރި ޝޫޓިންގތައް ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވަނީ ބޭރު ގައުމުތަކުގައެވެ. އެގޮތުން ފިލްމުގެ މުހިއްމު ސީންތަކެއް ރަޝިއާގައި ވަނީ ނަގަން ހަމަޖެހިފަ އެވެ. ބައެއް މީޑީއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިން ފިންލޭންޑޫގައި ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމުގެ 60 އިންސައްތަ ނިމިފައިވާ ކަމަށާއި ބާކީ 40 އިންސައްތަ ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ބޭރުގައި މައިގަނޑު ގޮތެއްގައި ޔޫރަޕްގަ އެވެ. އަދި މި ސީންތަކުގެ ފުލް ސްކޭލް އެނގޭނީ ފައިނަލް ތާވަލު ތައްޔާރު ވުމުންކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.

ޝާރުކް ޚާން، ދީޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމްގެ އިތުރުން ސަލްމާން ޚާންގެ ހާއްސަ ފެނިލުމެއްވެސް މި ފިލްމުން ފެނިގެންދާނެއެވެ. ސަލްމާން ޚާން ފެނިގެންދާނީ އޭނާގެ "ޓައިގަރ" ކެރެކްޓަރގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *