ވިރާޓާއި އަނުޝްކާގެ ދަރިފުޅު ނަމުގެ މާނަ އެނގޭތަ؟

ވިރާޓާއި އަނުޝްކާގެ ދަރިފުޅު ނަމުގެ މާނަ އެނގޭތަ؟

Author
ފާތިމަތު ނާވީ
03 ޖޫން 2021 10:25
0

ވިރާޓް ކޯލީ އާއި އަނުޝްކާ ޝަރްމާ ބެލެނިވެރިންނަށް ވެފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުއެވެ. މި ދެމަިފިރިންގެ އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ "ވަމިކާ" އެވެ. ވަމިކާގެ ފޮޓޯއެއް އަދި މިހާތަނަށް އާންމު ކޮށްފައިނުވެއެވެ.

އަނުޝްކާ އަދި ވިރާޓްގެ ދަރިފުޅަށް ވަމިކާ އޭ ކިޔުމުން އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ ވަމިކާގެ މާނަ އަކީ ކޮބައިހެއްޔެވެ؟ މި ސުވާލަށް ޖަވާބުދެމުން ވިރާޓް ބުނެފައިވަނީ ވަމިކާ އަކީ އެމީހުންގެ ކަލާނގެއެއް ކަމަށްވާ "ދުރުގާ" އަށް ކިޔާ އެހެން ނަމެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

އިތުރަށް ވާހަކަ ދައްކަމުން ވިރާޓް ބުނެފައިވަނީ ވަމިކާ އަދި ސޯޝަލް މީޑިއާއަށް ތައާރަފު ނުކުރާނެ ކަމަށެވެ. މިއީ ދެމަފިރިންގެ ނިންމުމެއް ކަމަށާއި، ވަމިކާ ސޯޝަލް މީޑިއާއަށް ތައާރަފު ކުރާނީ ވަމިކާއަށް ސޯޝަލް މީޑިއާއަކީ ކޯއްޗެއްކަން އެނގޭވަރު ވުމުން އޭނާގެ ވެސް ހުއްދައާއި އެކުގައި ކަމަށް ވިރާޓްވަނީ ބުނެފަ އެވެ.

އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓް އާއި ފިލްމީ ތަރި އަނުޝްކާ  ކައިވެނި ކޮށްފައިވަނީ އިޓަލީގައި ބޭއްވި ވަރަށް ވަރަށް ސިއްރު ހަފްލާއެއް ގައި2017 ވަނަ އަހަރު އެވެ. މި ހަފްލާގައި ބައިވެރިވެފައި ވަނީ ހަމައެކަނަ ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތް ތެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.