ފިއެރޮންޓީނާގެ ކޯޗަކަށް ގަޓޫސޯ

ފިއެރޮންޓީނާގެ ކޯޗަކަށް ގަޓޫސޯ

Author
އިބްރާހީމް ސާޢިދު
27 މެއި 2021 01:56
0

ފިއޮރެންޓީނާގެ ކޯޗުގެ މަގާމާ ހަވާލުވާން އިޓަލީގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރ ޖެނާރޫ ގަޓޫސޯ ނިންމައިފި އެވެ.

ނަޕޯލީން ވަކިވިތާ މާގިނަ އިރުތަކެއް ނުވަނީސް ފިއޮރެންޓީނާއިން ވަނީ އެ ޓީމުގެ ކޯޗަކަށް ގަޓޫސޯ ހަމަޖެއްސިކަން އިއުލާން ކޮށްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ފިއޮރެންޓީނާއާ ހަވާލުވާން ގަޓޫސޯ ނިންމިއިރު، އޭނާ ހޯދަން ލާޒިއޯއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ނަޕޯލީ ކޮލިފައިކޮށް ނުދެވުމުން ގަޓޫސޯ ވަނީ ޓީމުގެ ކޯޗުކަމުން ވަކިވެފައެވެ. ލީގުގެ ފަހު މެޗާ ކުރިމަތިލީއިރު ގަދަ ހަތަރެއްގެ ތެރޭގައި ނަޕޯލީ އޮތް ނަމަވެސް، ފަހު މެޗުން ވެރޯނާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާ ގުޅިގެން އެޓީމް ވަނީ ފަސް ވަނައަށް ވެއްޓިފައެވެ.

މިހާތަނަށް ކޯޗިން ކެރިއަރުގައި ގަޓޫސޯއަށް ހޯދިފައިވާ ހަމައެކަނި ކާމިޔާބީއަކީ ނާޕޮލީއާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ކަޕެވެ. އަދި މީގެ ކުރިން އޭނާ ވަނީ އޭސީ މިލާނަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.