ރާއްޖޭގެ ކޯވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓި އެތައްބަޔަކު މަރުވަމުންދާތީ މިނިސްޓަރ ނަސީމްއާއި ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ.
ލިޔުމުން ޖަވާބު ހޯދުމަށް ވަޒީރާއި ކުރެއްވުމަށް ސުވާލު ފޮނުއްވެވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް އެވެ. އޭނާ ވަޒީރާއި ކުރުމަށް ފޮނުވާފައިވާ ސުވާލުތަކުގައި ވަނީ ކޯވިޑް 19 މިހާ ހަލުވިކޮށް ފެތުރެމުންދާތީ މި ބައްޔަށް ފަރުވާދެވޭނެ ކިތައް ހެލްތް ޕްރޮފެޝަނަލުން އެބަތިބިތޯ؟ އާއި، ކޯވިޑް ބަލި މީހުންނަށް ހުރި އެނދު ގެ ތަފްޞީލަކީ ކޮބައިތޯ؟ އާއި، އަދި ކޯވިޑާއި ގުޅުން ހުރި އާލާތްތައް އޮކްސިޖްން، ވެންޓިލޭޓަރު އަދި މި ކަމާ ގުޅުންހުރި ބޭހުގެ ބާވަތްތައް) ތަފްޞީލަކީ ކޮބައިތޯ؟ އެވެ.
ހައިތަމް ވަނީ މި ސުވާލުތަކުގައި މިހާރުގެ އެންމެ ފަހުގެ ސްޓޭޓަސްވެސް މިނިސްޓަރއަށް ދެއްވާފައެވެ. އެގޮތުން ހައިތަމް ވިދާޅުވީ މި ވަގުތު ކޯވިޑް 19 ގެ ބަލި ތަހައްމަލު ކުރަމުންދާ 19،669 އަށް ވުރެން ގިނަމީހުން ތިބިއިރު، މަސް ދުވަސް ތެރޭގައި 50 އަށް ވުރެން ގިނަ މީހުން ނިޔާވެ، 230 އަށް ވުރެން ގިނަ މީހުން ތިބީ އެނދުމަތި ކުރެވިފައިވާކަމަށެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މިދަނޑިވަޅުގައި ވަޒީރު ނަސީމްގެ އެއްވެސް ހަބަރެއްނުވެ، ރާއްޖޭގެ ހާލަތު ބަޔާންކޮށްލެއްވުމަށް ނޫސްވެރިންނަށްވެސް ނުފެންނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިހާލަތުގައި ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުންނަށް ޖަވާބު ދާރީވުމުގެ ބަދަލުގައި، އެއްވެސް ހަބަރެއްނެވު ތިބުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ