ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާ ސަފީރު، ރޮހާނާ ބެއްޑަގެއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މަޖލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް މަޖިލީހުން ހާމަކުރައްވާފައެއް ނުވެއެވެ. ސްރީލަންކާގެ ސަފީރު މަޖިލީހަށް ކުރެއްވި ޒިޔާތަރުގައި ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާ ސަފީރު، ހިޒް އެކްސެލެންސީ ރޮހާނާ ބެއްޑަގެއާ ބައްދަލުކުރައްވައިފި pic.twitter.com/7zE4ACS0Eq
— People's Majlis (@mvpeoplesmajlis) October 21, 2020
ސްރީލަންކާއިން ރާއްޖެއަށް ކަނޑައެލުއްވި އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވަނީ 31 އޯގަސްޓްގައެވެ.
ކޮމެންޓު ފޮނުވާ