މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
23 މެއި 2021 01:44
0

މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން ޢާންމުކޮށްފިއެވެ.

ފުލުހުން ބުނީ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ. މިގޮތުން ފުލުހުންގެ ތަހުގީގަށް ޙާޒިރުވުމަށް އާންމުކޮށްފައިވަނީ، ކާށިދޫ، އަލުންތިލަ، އަހްމަދު ސުމާޢު (24އ)އެވެ.

ފުލުހުން ބުނީ  އޭނާ ޙާޒިރުވާން ޖެހޭނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 މެއި 29 ވަނަ ދުވަހުގެ 10:00 އަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.