މަޖިލިސް ރައީސާއި މަޤާމުހަވާލުކޮށްފަ ގޭގައި ހުންނަތާ ތިންމަސް ވެފައިވާއިރުވެސް އިންޓަރނެޓްގެ އަގު ހެޔޮ ނުވެގެން އުޅޭ ސަބަބެއް ސާފުކޮށް ދެއްވުމަށް މެމްބަރު މީކާއިލް ކައިރިން ސާފުކޮށް ދެއްވުމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމު ފުރުއްވި މުޙައްމަދު މަލީހު ޖަމާލު އެދިވަަޑައިގެންފިއެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ފުރަތަމަ ދުވަހުއެވެ. މަޤާމުން ވަކިކުރުމަށްފަހު މިނިސްޓަރ މަލީހު ގޭގައި ހުންނަވާތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސް ވެފައެވެ. މަލީހު ވަނީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު އިންޓަރނެޓް އަގު ހޮޔެ ނުވެގެން އެންމެ ބޮޑަށް އަޑު ގަދަކޮށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކައިރިން އިންޓަރނެޓްގެ އަގު ހޮޔޮ ނުވެގެން އުޅޭ ސަބަބު އޮޅުން ފިލުވުމަށް އެދިވަޑައިގެންފައެވެ.
މަޖިލިސް ރައީސްއާއި މަޤާމު ހަވާލުކޮށްފައި ގެޔަށް އައިތާ 3 މަސްވަނީ. އަލީ އާޒިމް ނިކަން މީކާއިލް ނަސީމް ކައިރިން އަހާލަ ދީބަލަ ނެޓުގެ އަގު ހެޔޮ ނުވެގެން ތިޔަ އުޅެނީ ކީއްވެތޯ؟ ދެން އެއްކަލަ ނަހަދާކަމަށް ބުނި ޤަވާއިދުތައް ނިމިއްޖެތޯ؟ ވަރަށް އަވަހަށް ސިޓީއެއް އެބަ ފޮނުވަން. ފަސޭހަ ނުވާނެ.
– މަލީހު ވިދާޅުވިއެވެ.
Majlis Raees aai maqaam havaalukoffa geyah aithaa 3 masvanee. Ayya @aliaazim nikan Mickail Naseem kairin ahaa dheebala net agu heyonuvegen thiya ulhenee keevegenthoa? Dhen ekkala nahadhaa kamah buni qavaaidhuthah nimijje thoa? Varah avahah sitee eh eba fonuvan. Faseyha nuvaane? pic.twitter.com/bODGhlTukN
— Mohamed Maleeh Jamal (@maleehjamal) May 21, 2021
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މިނިސްޓަރ މަލީހަށް އިތުބާރު ނެތްކަމަށެވެ. އަދި ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން އެ މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައި ނުވުމަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް ގެއްލުންވާނެކަމެއްކަމަށެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމުގައި އެ ވަޒީރު ވަކިކުރާ ސަބަބާމެދު ބަހުސްކުރަން ނުޖެހޭނެކަމަށާއި، މަޖިލީހުގެ މެންބަރުންގެ އިތުބާރު ގެއްލުމުން އެ ވަޒީރަކު މަޤާމުން ވަކިކުރުމަކީ މަޖިލީހަށް ލިބިފައިވާ ބާރެއް ކަމަށެވެ.
މަލީހު މަޤާމުން ވަކި ކުރުމަށް މިފަދަ ވާހަތަކެއް ދެއްކި ނަމަވެސް މަޤާމުން ވަކިކުރި އެންމެބޮޑު ސަބަބަކީ މަލީހު މީޑީޔާއެއްގައި ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ވާހަކަ ދެއްކެވުމުންކަމަށް މަލީހު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މިމައްސަލާގައި މަލީހު ވަނި މަޖިލީހަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއި، މަޖިލިސް ރައީސަށްވެސް އެއްވެސް ވަރަކަށް ދޫދެއްވުމެއްނެތި ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ