ގެއްލިގެން ހޯދަމުން ދިޔަ މިސްބާހު ރާއްޖެއަކު ނެތް، ދިޔައީ ދުބާއީ އަށް

ގެއްލިގެން ހޯދަމުން ދިޔަ މިސްބާހު ރާއްޖެއަކު ނެތް، ދިޔައީ ދުބާއީ އަށް

Author
މުޙައްމަދު ޖިމީ
22 މެއި 2021 07:37
0

މިދިޔަ މަހުން ފެށިގެން ހދ. ނޮޅިވަރަންފަރުން ގެއްލުނު ޒުވާނާ ރާއްޖޭގައި ނެތްކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ.ނޮޅިވަރަންފަރު އުމުރުން 25 އަހަރުގެ މިސްބާހު މުހައްމަދުއެވެ. ފުލުހުން ބުނީ މިސްބާހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައި ރާއްޖެ ދޫކޮށް ބޭރަށް ފުރާފައިވާކަމަށެވެ. މިސްބާހު ފުރައިގެން ގޮސްފައިވަނީ ދުބާއީ އަށެވެ.

މިސްބާހު ގެއްލިގެން ހޯދުމަށް ޢާންމުންގެ އެހީއަށް ފުލުހުން އެދުނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އޭނާއަކީ ކުށުގެ ރެކޯޑް އޮންނަމީހެއްކަމަށްވެއެވެ. ނަމަވެސް ފުލުހުން އެކަމާއ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.