ފުލުހުންގެ އިދާރާއަށް ލިޔުން އަޅައިގެން ވަޒީފާއިން ވަކިކުރި ފުލުހަކަށް 91000 ރުފިޔާ ދިނުމަށް ޙުކުމްކޮށްފި

ފުލުހުންގެ އިދާރާއަށް ލިޔުން އަޅައިގެން ވަޒީފާއިން ވަކިކުރި ފުލުހަކަށް 91000 ރުފިޔާ ދިނުމަށް ޙުކުމްކޮށްފި

Author
މުޙައްމަދު ޖިމީ
22 މެއި 2021 04:18
0

ސަރުކާރު ވައްތާލާނެކަމަށް ބުނެ އިންޒާރުގެ ލިޔުންތަކެއް ފުލުހުންގެ މައި އިދާރާއަށް އެޅި މައްސަލާގައި ވަޒީފާއިން ވަކިކުރި ފުލުހަކަށް 91،000 ރުފިޔާގެ ބަދަލެއް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރުގެ މެސެޖު ލިޔެފައިވާ ލިޔުންތަކެއް ފުލުހުންގެ މައި އިދާރާއަށް 2016 ނޮވެމްބަރުގައި އެޅިކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށް އަދި ފަހުން އޭނަ ވަޒީފާއިން ވަނިކޮށްފައިވަނީ 2017 ގައެވެ.

ވަޒީފާއިން ވަކިކުރުމުން، ވަޒފާ އަލުން ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކުރުމުން، އެ ކޯޓުން ކުރ ޙުކުމުގައި ބުނެފައިވަނީ، ފުލުހުންގެ މައި އިދާރާއަށް ލިޔެކިއުންތައް އެޅި މައްސަލާގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގައި އޭނާ އެކަމަށް އިޢުތިރާފްވެފައިވާކަމަށެވެ. އަދި އެ ކަރުދާސްތަކުން އޭނާގެ އިނގިލީގެ ނިޝާން ފެނިފައިވާކަމަށާއި، އޭނާ އެކަރުދާސްތައް ފުލުހުންގެ އިދާރާއަށް އެޅީ އޭރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ހުރި އަދި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އެދިވަޑައިގަތުމަށްކަމަށް އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަމަށް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ޙުކުމުގައި ވެއެވެ. އެހެންކަމުން ޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަން ގާއިމްކޮށްފައިވާތީކަމަށް ބުނެ އޭނާއަށް ވަޒީފާ އަލުން ދޭން ނުޖެހޭކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.

ނަމަވެސް ކޯޓުގެ ޙުކުމުގައި ވަނީ އޭނާ ވަކިކުރުމުގައި އިޖްރާއީ އަދުލުވެރިކަން ގާއިމްކޮށްފައިނުވާކަމަށެވެ. އެގޮތުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި ފުލުހުންގެ ވަޒީފާއާއި ބެހޭ ޤަވާއިދުގައި ބަޔާންކުރާގޮތަށް ވަޒީފާއިން ވަކިކުރިކަން ކޮމިޝަަނަރ އޮފް ޕޮލިހާއި ހޯމް މިނިސްޓަރަށް އަންގާފައި ނުވާކަމަށެވެ. އެހެންކަމުން އެކަމުގެ އަދުލުވެރި ބަދަލެއްގެ ގޮތުން ހަމަސް ދުވަހުގެ މުސާރައާއި އިނާޔަތްތަކަށްވާ 91،000 ރުފިޔާ އެއް މަސްދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށް ދައުލަތުގެ މައްޗަށް ވަނީ ޙުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.