ކޯވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 57 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ރައްޖެއިންމިބަލީގައި ނިޔާވި 120 ވަނަ މީހާއެވެ. އަދި މިމަހު ނިޔާވި 47 ވަނަ މީހާއެވެ.
ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައިވާ %60 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.
ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.
ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ނިޔާވާ މީހުންގެ އަދަދުވެެސް އިތުރުވެފައިވާއިރު، އިއްޔެވެސް ރެކޯޑް ޢަދަދަށް މީހުން ކޯވިޑަށް ޕޮޒިޓިވްވިއެވެ. އެގޮތުން 2100އަށް ވުރެ ގިނަ މީހުން އިއްޔެ ޕޮޒިޓިވްވިއެވެ.
ކޮމެންޓު ފޮނުވާ