ފަލަސްޠީން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ޚިޔާލުތަފާތުވެއްޖެއެވެ.
ފަލަސްތީނަށް، އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރައްވާ ރައީސް ނަޝީދު ވަނީ ފަލަސްތީން މިނިވަންކަމަށް ގޮވާލައްވާފައެވެ. އަދި އެ ޓްވީޓްގައި އެމަނިކުފާނު ވަނީ ފަލަސްތީންގެ މައްސަލައަށް އޮތް ހައްލަކީ ދެ ދައުލަތް އުފެއްދުންކަމަށް ވިދާޅުވެފައެވެ.
ބައްޕާފުޅުގެ މިވާހަކަތަކަށް ދެބަސްވެވަޑައިގަންނަވާކަން ހާމަކުރައްވާ މީރާ ވިދާޅުވީ، ފަލަސްތީނަކީ ފަލަސްތީންކަމަށާއި، އެތަނުގައި އިތުރު ދައުލަތެއް އޮވެގެން ނުވާނެކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ފަލަސްތީންގެ ބިންތަކަށް ވެރިވެގެންފައިވާ އިސްރާއީލުން އެޤައުމުން ފައިބަން ޖެހުން ނޫންކަމަށްވެސް މީރާ ވިދާޅުވެފައިވެއެވެ.
2 state solution!? I just can't agree… Palestine is Palestine and that's how it should be theres no '2 states'. A one state solution doesn't mean all of those currently in 'Israel' get kicked out. Also, isn't a 2 state solution supposedly what it is now? https://t.co/z43bbQ3JQr
— Meera (@Gbgedhari1) May 21, 2021
1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ.
ކޮމެންޓު ފޮނުވާ