ޢަބްދުއްރަހީމް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ޢަބްދުއްރަހީމް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
21 މެއި 2021 02:46
0

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޢަބްދުއްރަހީމްގެ އިތުރުން އަނބިކަނބަލުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ޢަބްދުއްރަހީމް އަކީ ހައި ރިސްކު ބޭފުޅެކެވެ. ޢަބްދުއްރަހީމަކީ ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްވެސް ކޯވިޑަށް ކުރިން ޕޮޒިޓިވްވެފައިވެއެވެ. އަދި އެނޫން ވައެއް މަޖިލިސް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިބަލީގައި ނިޔާވާ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި މިމަހުގެ މިހާތަނަށް 45އަށް ވުރެ ގިނަ މީހުން މިބަލީގައި ވަނީ ނިޔާވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.