ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބުވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަކުގެ ފާޚާނާގައި ފިސްތޯލައެއް ބޭއްވި ސިފައިންގެމީހާގެ މައްސަލަ ބަލަން ފަށައިފިއެވެ.
ރައީސް ނަޝީދު ހޮސްޕިޓަކުގައި އޮންނެވިއިރު، ފާޚާނާއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ފެންމަތިވެފައިވާއިރު، އެއީ ސިފައިންގެ މީހަކަށް ބޭއްވުނުފިސްތޯލައެއްކަން އެމްއެންޑީއެފް އިން ޔަަޤީންކޮށްދެއެވެ. މަޢުލޫމާތު ލިބިފައވާގޮތުގައި އެ ފިސްތޯލަ ބޭއްވި ސިފައިންގެ މީހާގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. އަދި އޭނާ ވަނީ ޒިންމާތަކުން އެއްފަރާތްކުރެވިފައެވެ.
އެމްއެންޑީއެފް އިން ބުނީ، ފާޚާނާއި ފިސްތޯލައެއް ބޭއްވުނު މައްސަލަ މިލިޓަރީ ޕޮލިހުން ބެލުމަށްފަހު މިހާރު އެ މައްސަލަ ތަހުގީގްކުރުމަށް ފުލުހުންނަށް ހުށައަޅާފައިވާކަަމަށެވެ.
އޭޑީކޭ ހޮސްޕިޓަކުގެ ފާޚާނާއިން ފިސްތޯލައެއް އޮއްވާ ފެނިފައިވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފަކަށެވެ.
ރައީސް ނަޝީދު އޭޑީކޭގައި އޮންނެވިއިރު، ފާޚާނާއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ބަލަނީ
ރައީސް ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެގޮތުން އެ ހަމަލާ ދޭންއުޅުނުކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ދީފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެ މަޢުލޫމާތު އެނގިހުރެ ފިޔަވަޅެއް އޅާފައިނުވާކަމަށްބުނެ ގިނަ ބަޔަކު ވަނީ މާރިޔާގެ އިސްތިއުފާއަށް ގޮވާލާފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ހައްޔަރުކޮށްފައިވެެއެވެ. އަދި އެމީހުންނާއި ގުޅުންހުރީ ހަރުކަށ ފިކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ
ކޮމެންޓު ފޮނުވާ