ޤައުމުގެ ސަލާމަތަށް ނުރައްކާވާ މިންވަރު ވީއެންމެ އަވަހަކަށް ދެނެގަތުން މުހިންމު: ސަޢީދު

ޤައުމުގެ ސަލާމަތަށް ނުރައްކާވާ މިންވަރު ވީއެންމެ އަވަހަކަށް ދެނެގަތުން މުހިންމު: ސަޢީދު

Author
މުޙައްމަދު ޖިމީ
21 މެއި 2021 11:49
0

ކޯވިޑްގެ ޙާލަތު ކޮންޓްރޯލުން ނެއްޓިފައިވާ މިހާލަތުގައި ޤައުމުގެ ސަލާމަތަށް ނުރައްކާވާ މިންވަރު ވީއެންމެ އަވަހަކަށް ދެނެގަތުން މުހިންމުކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވެފައިމިވަނީ ކޯވިޑަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ މިބަލީގައި ނިޔާވާ މީހުންގެ ޢަދަދުވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ހާލަތު މިވަނީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަމަށް ސިއްޙީ ޚިދުމަތްތެރިން ދަނީ ވިދާޅުވަމުންނެވެ.

އެކަމަށް އިޝާރާތްކުރައްވާ މަވަށު ދާޢިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ކޯވިޑްގެ ޙާލަތު ކޮންޓްރޯލުން ނެއްޓިފައިވާ މިހާލަތު، ހޮސްޕިޓަލް އެނދުތައް ފުރި، ވަސީލަތްތައް ނެތްކަމަށް ހެލްތު ދާއިރާއިން އަޑުއިވެމުންދާކަމަށެވެ. މިކަމުން ޤައުމުގެ ސަލާމަތަށް ނުރައްކާވާ މިންވަރު ވީއެންމެ އަވަހަކަށް ދެނެގަތުން މުހިންމުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ޓެގް ކުރައްވާ ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ބޭރުގެ އެހީއަށްވެސް ރާއްޖެއިން އެދިފައިވާކަމުގެ އަޑުތައް އިވެމުންދާއިރު ސަރުކާރުން އެކަން ދޮގުކުރެއެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން މެދު ކެނޑުމެއްނެތި ބޭރުގެ އެކި ޤައުމުތަކާއި، އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދަމުންދާކަމަށެވެ. ނަމަވެސް ހާލަތު މާ ގޯސްވެގެން “ކޮންޓްރޯލުން ނެއްޓި” ބޭރުގެ އެހީއަކަށް އަދި ދިފައިނުވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ކޮންޓްރޯލް ގެއްލިފައި ނުވާކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، ފަރުވާދޭ ފެސިލިޓީތައް ފުރި، ޑޮކްޓަރުންނާއި ނަރުހުން އިންތިހާއަށް ބޭނުންވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ކޮންމެ ދުވަހަކުވެސް ބަލިޖެހޭ މީހުންގެ އަދަދު އިންތިހާއަށް މަތިވަމުންދާއިރު، ބަލީގައި ނިޔާވާ މީހުންވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިގޮތުން މިމަހުގެ މިހާތަަނަށް އެކަނިވެސް ރާއްޖެއިން ކޯވިޑްގައި 40އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.