ނީލޯފަރު ހިނގުމުގައި ޕާކުނުކުރެވޭގޮތް ހަދައި، ބިއްލޫރިޖެހިގޭގައި އައު ޒޯނެއް

ނީލޯފަރު ހިނގުމުގައި ޕާކުނުކުރެވޭގޮތް ހަދައި، ބިއްލޫރިޖެހިގޭގައި އައު ޒޯނެއް

Author
މުޙައްމަދު ޖިމީ
21 މެއި 2021 11:34
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާދިން ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކު ނުކުރެވޭގޮތްހަދައި، ސިޓީ ކައުންސިލް ކުރިން ހިންގި އިމާރާތް ހުރި ބިއްލޫރިޖެހި ގޭގައި އަލަށް ހެދި ޕާކިން ޒޯން އާއްމުކޮށް ހުޅުވާލައިފިއެވެ.

ނީލޯފަރު މަގުގައި ދުއްވާ އުޅަނދު ޕާކު ނުކުރެވޭގޮތަށް ހަދާފައި މިވަނީ އެ މަގުގައި ސައިކަލެއްގައި ބޮމެއް ހަރުކޮށް ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ. މި ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް ޒަޚަމްތަކެއް ވަނީ ލިބިވަޑައިގެންފައެވެ. އެ މަގުގައި ސައިކަލެއްގައި ބޮމެއް ހަރުކޮށް ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ، އެ މަގުގައި ޕާކު ނުުރެވޭގޮތް ހެދުމަށް އެމްއެންޑީއެފް އިން ސިޓީ ކައުންސިލްގައި އެދިފައިވަނިކޮށެވެ. އަދި ސިޓީ ކައުންސިލުން އެ މަގުގައި އުޅަނދު ނުދުއްވޭގޮތް ހެދުމަށާއި ބިއްލޫރިޖެހި ގޭޣައި ޕާކުކުރެވޭގޮތް ހެދުމަށް ޕްލޭނިން މިނިސްޓްރީގައި ހުއްދައަށްއެދި ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.

މނީލޯފަރުމަގުގައި ޕާކުނުކުރެވޭ ގޮތަށް ހަދާ ބިއްލޫރި ޖެހިގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ ރައީސް ނަޝީދަށް ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ. ޕްލޭނިން މިނިސްޓްރީހެ ހުއްދަ އާއި އެކު ހެދި މި ޕާކިން ޒޯނާއި އެކު ނީލޯފަރުމަގު މިހާރުވަނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ނޫން އެއްވެސް އުޅަނދެއް އެމަގަށް ނުވަދެވޭ ގޮތަށް އެއްޗހި ނުދުއްވާ މަގަކަށް ބަދަލުކޮށްފައެވެ. އަދި މަޖީދީމަގާއި ނީލީފަރުމަގު ގުޅޭ ސަރަހައްދުތަކުގައި މަޖީދީމަގުގައި ޕާކް ނުކުރެވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ހަދާފައެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ނުރައްކާތެރި އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ.

ރައީސް ނަޝީދު މިހާރު ގެންދަވަނީ ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.