ކޯވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއަދު ނިޔާވެފައިވަނީ ލ.ކޯވިޑް މެނޭޖްމަންޓް ފެސިލީޓީގައި ފަރުވާދެމުންދިޔަ 36 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރު 2.00 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ. މިއީ މިމަހުގެ މިހާތަނަށް ރާއްޖެއިން ނިޔާވި 40 ވަނަ މީހާއެވެ.
މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދުވަނީ 113 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑްގައި ނިޔާވެފައިވާ މީހުންގެ ތެރެއިން 98 މީހުންނަކީ ދިވެހިންނެވެ. އަދި 15 މީހުންނަކީ ބިދޭސީންނެވެ.ރާއްޖޭގެ ބަލީގެ ހާލަތު ގޯސްވެ އިއްޔެ އެކަނިވެސް 7 މީހަކު ނިޔާވެފައިވެއެވެ.
ޑޮކްޓަރުން ވަނީ ރާއްޖެއިން ނިޔާވި ގިނަ މީހުންނަކީ ކޯވިޑް ދިފާއު ވެކްސިން ޖަހާފައިނުވާ މީހުންކަމަށް ބުނެފައެވެ. ރާއްޖޭގައި ކޮންމެ ދުވަހަކަުވެސް 1000އަށް ވުރެ ހިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެއެވެ.
ކޮމެންޓު ފޮނުވާ