އެލްޖީއޭ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މީހަކު އިންތިޚާބު ކުުރުން އަންނަ މަހު

އެލްޖީއޭ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މީހަކު އިންތިޚާބު ކުުރުން އަންނަ މަހު

Author
މުޙައްމަދު ޝަޒައިމް
20 މެއި 2021 01:05
0

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލް.ޖީ.އޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަމަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 12 ވަނަދުވަހުއެވެ.

09 މެމްބަރުން ތިއްވަބާ އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިިމަހުގެ 16 ވަނަދުވަހު ހުޅުވާލާފައެވެ. މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00އިން މެންދުރު 12:30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ ، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގައިވާ ގޮތުގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ 9 ޖޫން 2020 ގައެވެ. އަލަށް އެކުލަވާލި އެ ބޯޑު ދެމި އޮންނާނީ އާ ކައުންސިލް އިންތިޚާބު ވަންދެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.