އީސަގެ އަނިޔާގެ މައްސަލާގައި އަސޫ ބަޔާންދީފި

އީސަގެ އަނިޔާގެ މައްސަލާގައި އަސޫ ބަޔާންދީފި

Author
މުޙައްމަދު ޝަޒައިމް
19 މެއި 2021 06:27
0

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ އޭނަގެ އަންހެނުން އަސޫ ނަސީމްއާއި، ދަރުކަލުންނަށް ދިން އަނިޔާގެ މައްސަލަ ޕޮލިހަށް ރިޕޯޓްކޮށް ބަޔާން ދީފިއެވެ.

އަސޫ ބަޔާން ދީފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮތެކްޝަން ޑިޕާޓްމަންޓް ހުންނަ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. ބަޔާން ދިނުމަށްފަހު އަސޫ ވަނީ މިހާރު ގެއަށް ގޮސްފައެވެ.

“ޚަބަރު އޮންލައިން”އަށް އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހާމަނުކުރާކަމަށެވެ.

ނަމަވެސް އެނގިފައިވާގޮތުގައި މެންބަރު އީސަ އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އެވަގުތު އެދެމަފިރިންގެ ދަރިފުޅުވެސް ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އަނިޔާއާއި ގުޅިގެން އަނބިކަނބަލުން ޑޮކްޓަރަށްވެސް ދައްކާފައިވެއެވެ. އާއިލާ ބޭފުޅަކު މަޢުލޫމާތު ދިންގޮތުގައި އަނިޔާކުރި ކަމުގެ ޑޮކްޓަރުގެ ލިއުންތައްވެސް މިހާރު ވަނީ ލިބިފައެވެ.

މައްސަލަ ސާބިތުވެއްޖެނަމަ އީސަގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިންޑިއާ އައުޓް
ކޮބާ އީސާތައްހާން ރިސޯޓު މުއައްޒަފުންނައް ދިން ދޯކާ އެމްމެފަހުން ކަލޯޔާ އަރާ ހަމަކުރަނީނޫންބާ
މ މެންބަރު
ކިހިނެއް ސާބިތުކުރާނީ