7000އަށް ވުރެ ގިނަ އޮފިޝަލުންނަށް އެލަވެންސް ޖަމާކޮށްދީފި

7000އަށް ވުރެ ގިނަ އޮފިޝަލުންނަށް އެލަވެންސް ޖަމާކޮށްދީފި

Author
މުޙައްމަދު ޖިމީ
19 މެއި 2021 04:33
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ހަރަކާތްތެރިވި 7000އަށް ވުރެ ގިނަ އޮފިޝަލުންނަށް އެލަވެންސް ޖަމާކުރުމަށް ބޭންކަސް ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް އިންތިޚާބެއްގައި އެންމެ ގިނަ އޮފިޝަލުން ހަރަކާތްތެރިވި އިންތިޚާބެވެ. އެ އިންތިޚާބުގައި 7 ހާހަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ 35 އޮފިޝަލެއް ފިޔަވައި، 7 ހާހަސްވުރެ ގިނަ އޮފިޝަލުންނަށް އެލަވެންސް ޖަމާކުރުމަށް ބޭންކަށް ފޮނުވާފައިވާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.  އަދި އިންތިޚާބުވި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ މިމަހުގެ 17 ގައި ހުވައި ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.