މާލެ ސިޓީ ކައުންސިލްގެ 6 ކޮމިޓީގެ ތެރެއިން  2 ކޮމިޓީގެ މުޤައްރިރުކަން އެމްޑީޕީއަށް!

މާލެ ސިޓީ ކައުންސިލްގެ 6 ކޮމިޓީގެ ތެރެއިން 2 ކޮމިޓީގެ މުޤައްރިރުކަން އެމްޑީޕީއަށް!

Author
މުޙައްމަދު ޝަޒައިމް
19 މެއި 2021 09:21
0

މާލެ ސިޓީ ކައުންސިލްގެ އަލަށް އެކުލަވާލި ކޮމިޓީތަކާއި މިހާރު ހުރި ކޮމިޓީތައް ހިމެނޭހެން، ޖުމްލަ ހަ ކޮމިޓީގެ ތެރެއިން 2 ކޮމިޓީއެއްގެ މުޤައްރިރުކަން ވެރިކަން ކުރާ މައިޕާޓީ އަދި ކައުންސިލްގެ މައިނޯރިޓީ ޕާޓީ އެމްޑީޕީއަށް ދީފިއެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ވަނީ ކޮމިޓީތައް ބަހާފައިވާ ގޮތާއި ގުޅޭގޮތުން ރޭ ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވާފައެވެ. ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކޮމިޓީ ބަހާފައިވާނީ މާލެ ސިޓީގައި ހިމެނޭ 18 ކައުންސިލަރުންގެ ތެރެއިން އެމްޑީޕީގެ 6 މެމްބަރުންނަށްވެސް ހަމަހަމަ ފުރުސަތު ލިބިދޭ ގޮތައް ކަމަށެވެ. އެގޮތުން އެމްޑީޕީގެ 6 މެމްބަރަކު ސިޓީ ކައުންސިލްގައި ތިއްބަވާއިރު، 6 ކޮމިޓީގެ ތެރެއިން 2 ކޮމެޓީއެއްގެ މުޤައްރިރުކަން ވަނީ އެމްޑީޕީއަށް ދީފައެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ކަންކަން ބޭނުންވާ ސްޕީޑުގައި ކުރިއަށް ގެންދިއުމަށާއި، މާލެސިޓީއާއި، ހުޅުމާލެ، އަދި ވިލިމާލެ ހިމެނޭހެން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ރާވާލާފައިވާކަމަށެވެ. މިމަސައްކަތް ކުރެއްވުމަށް އެކުލަވާލާފައިވާ 6 ކޮމިޓީއަކީ:

– ވިލިމާލެ ދާއިރާއަށް ޚާއްސަ ޑިޕާޓްމަންޓެއް
– ހުޅުމާލޭގައި ވަކި ޑިޕާޓްމަންޓެއް
– މާލޭގައި މިހާރު ވެސް އެކުލަވާލާފައި ޑިޕާޓްމަންޓް.
– ރަށްވެހި ކަމުގެ ޑީޕާޓްމަންޓް
– ކައުންސިލްގެ އަމިއްލަ ބާރުވެރިކަމުގައި ކަންކަން ކުރަން، ޓެކްނިކަލް މީހުން ހިމެނޭ ޑިޕާޓްމަންޓް
– އިދާރީ ކޯޕަރޭޓް ޑިޕާޓްމަންޓް

މުއިއްޒު ވިދާޅުވީ މީގެ ތެރެއިން ވިލި މާލޭގައި ހުރި ޑިޕާޓްމަންޓާއި، ހުޅުމާލޭގައިވެސް މަދު މުވައްޒިފުންތަކަކާއިއެކު ޑިޕާޓްމަންޓެއް އޮތްކަމަށެވެ. ނަމަވެސް މިތަންތަން އެންމެ ރަނގަޅު ގޮތުގައި ނުހިނގާކަމަށެވެ. އަދި އަމާޒަކީ މާލެ ސިޓީގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް އެއްވެސް ތަފާތު ކުރުމެއްނެތި ވިލިމާލެ، އަދި ހުޅުމާލެ ރައްޔިތުންނަށްވެސް ލިބިގެން ދިއުންކަމަށެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ޚިދުމަތް ދިނުމަށްޓަކައި މިހާރު އޮތް އުސޫލު ބަދަކޮށް، އެޗްޑީސީގެ މަސައްކަތްއް މާލެ ސިޓީ ކައުންސިލްގެ ދަށަށް އަންނަންޖެހޭކަމަށެވެ. އެކަން ކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ވާހަކަ ދައްކައި އެމަަސައްކަތް ކުރައްވާނެކަމަށެވެ. އަދި މިހާރު ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ވަކި އުސޫލެއްގެ ތެރެއިން އެންނަށްވެސް ހަމަހަމަ ކަމާއިއެކު ޚިދުމަތް ލިބޭނެ ގޮތަކަށް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.