ރާއްޖޭގެ އިޤްތިޞާދު އިދަޖެހި، ޤައުމު ބަގުރޫޓް ވަމުންދާއިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ވެރިންނަށް ގަނޑުވަރު ހަދައި، ރައްޔިތުންގެ އަނގައިގަ ޓޭޕް އަޅަން ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހުގެ މިފަދައިން ވިދާޅުވެފައިވަނީ ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުވުމުގެ ބިލެއް އެކުލަވާލައި ބަންޑާރައިބު ރައީސް އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ. މިބިލުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވުމަށް ތައްޔާރުވަމުންދާއިރު، މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ވަނީ މިބިލްތަކުގެ މުހިންމު ކަމަށްވެސް ވާހަކަ ދައްކަވާފައެވެ.
މަލީހު ވިދާޅުވީ މިފަދަ ބިލްތައް ފާސްކުރަން އެމްޑީޕީގެ މެމްބަރުން ފޫ ގަޅާލާފައިވާއިރު، ޤައުމު އިޤްތިޞާދު އިދަ ޖެހި ޤައުމު ބަނގުރޫޓް ވަމުންދާކަމަށެވެ. މިހާލަތުގައިވެސް ފެނިގެންދަނީ މަޖިލީހުގެ 65 މެމްބަރުން އަމިއްލަ މަސްލަހަރު އިސްކޮށް ދައުލަތުގެ މާލިއްޔާއިން ބޮޑެތި ޚަރަދުތައްކޮށް، ރައްޔިތުންގެ އަގައިގަ މަލަން އެޅުންކަމަށް ކަމަށެވެ.
ޤައުމު ދަރާވިކި ވިޔަފާރިތައް ބަގުރޫޓްވެ ރައްޔިތުން އަނގަޔާ އަތާ ދިމާ ނުވާހަލުގަ, 65 މެމްބަރުންގެ ސުޕާމެޖޯރިޓީ ބޭކާރު ވާހަކަ ދެއްކުމުގަ، މަޖިލިސް ރައީސަށް ގަޑުވަރު ހޯދަދީ ރައްޔިތުން އަނގައިގަ ޓޭޕުއަޅާ ބިލް ފާސްކޮށް ޑިމޮކްރަސީ ކަފުންކުރުމުގަ. ނާގާބިލު ވާނީ މިހާވަރަށް. ދެން ނުވިއެންނު.
– މަލީހު ވިދާޅުވިއެވެ.
ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޚާއްސަ ބިލެއް އެކުލަވާލާފައިވަނީ ސޯޝަލް މީޑިޔާގައާއި، ތަފާތުއެކި ޕްލެޓްފޯމްތަކުގައި ނަފްރަތުއުފެދޭ ވާހަތައް ދެއްކުމުގެ ސަބަނުން ވަކިވަކި ފަރުދުންގެ ސަލާމަތަށް ނުރައްކާވުމާއި، އާންމު މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާގޮތަށް މުޖުތަމައުގައި އެކިހާދިސާތައް ހިނގަމުންދާތީއެވެ. ސަލާމަތީ ބާރުތަކުންވެސް ވަނީ މުޖުތަމައުގެ ސަލާމަތަށާއި، އާންމު ފަރުދުންގެ ސަލާމަތަށް ނުރައްކާވާގޮތަށް ވާހަކަދައްކައި، އެފަދަ އަމަލު ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.
ދައުލަތުގެ އަނެއް ދެ ބާރަށް ދައުލަތުން ރަސްމީ ގެކޮޅެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިމިވަނީ، ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ނުރައްކާތެރި ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މިމަހުގެ 6 ވަނަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި މި ހަމާދީފައިވަނީ އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރަން ވަޑައިގަންނަވިކޮށް އެމަނިކުފާނު ކާރުކޮޅު ޕާކުކޮށްފައި އޮތް ސަރަހައްދުގައި ހުރި ސައިކަލެއްގައި އެއްޗެއް ހަރުކޮށް ގޮއްވާލައިގެންނެވެ.
ކޮމެންޓު ފޮނުވާ