"ކޮބާހޭ ފަންޑު ކުރި މީހާ"

"ކޮބާހޭ ފަންޑު ކުރި މީހާ"

Author
މުޙައްމަދު ޝަޒައިމް
19 މެއި 2021 12:28
0

މިމަހުގެ ހަވަނަ ދުވަހުގެރޭ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އަޑީގައި ހުރި މީހާ ނުވަތަ ފަންޑު ކުރި މީހަކީ ކޮބައިކަމާއިމެދު ރައީސް ނަޝީދު ސުވާލު ކުރަައްވައިފިއެވެ.

ރައީސް ނަޝީދުގެ ފޭކް އެކައުންޓް އެލެކްސް އިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފަންޑު ކުރީ މީހާއަކީ ކޮބައިކަން ހޯދުމަށް ސަލާމަތީ ބާރުތައް ކައިރީގައި ބުނުމަކީ ބުއްދި ވެރިކަމެއް ނޫނަކަމަށެވެ. އަދި މިކަމުގައި އެމްއެމްއޭގެ އެހީތެރިކަން ހޯދަން އުޅުމަކީވެސް ބުއްދިވެރި ގޮތެއް ނޫންކަމަށެވެ.

ކޮބާހޭ ފަންޑު ކުރި މީހާ؟ އެނާ ހޯދަން އަނެއްކާވެސް އެމްއެމްއޭ، މޯލްޑިވްސް ޕޮލިސް ސާވިސް، ނުވަތަ އެމްއެންޑީއެފް ގާތު އެހެން އެއީ ބުއްދިވެރި ގޮތެއްނޫން.

– އެލެކްގެ ޓްވީޓުން ނަޝީދު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް 13 ދުވަސް ވެފައިވާއިރު، މިހަމަލާގައި ހައްޔަރު ކުރެވިފައިވަނީ 3 މީހެކެވެ. ރައީސް ނަޝީދަށް ދިން ބޮމުގެ ޙަމަލާއަކީ ހަމައެކަނި މިހާރު ހައްޔަރުކޮށްފައިވާ ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ނޫންކަމަށާ، އެކަމުގެ އަޑީގައި ތިބި މީހުން ހޯދައި، އެބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެންނަވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޤާނޫނުތައް އެފަދަ މީހުން ވަށައިލާނެކަމަށާ، ޢަދުލު އިންޞާފު އަރައި ހަމަކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މިހާރު ޤާނޫނުގެ ބާރުގެދަށަށް ގެނެވިފައިވާއިރު މިނިވަން ތަޙުޤީޤަކަށްފަހު، އިންޞާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި މިކަމުގެ ފަހަތުގައިތިބި ބަޔަކު ކަމާބެހޭ ފަރާތްތަކުން ހޯދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހަމަލައާއި ގުޅިގެން ސަލާމަތީ ބާރުތަކުގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު، ހަމަލާގެ މައުލޫމާތު ކުރީބައިގައި ދިނުމުންވެސް އެއްވެސް ފިޔަވަޅެއް ޑިފެންސް މިނިސްޓަރ މާރިޔާ ނާޅާކަމަށް ވިދާޅުވެ ގިނަ ބައެއްގެ ނުރުހުން ވަނީ މާރިޔާއަށް އަމާޒުވެފައެވެ. އަދި މިހާރު މަޖިލީހުން ގެންދަވަނީ މިހަމަލާއި ގުޅޭ ޕާލިމަންޓްރީ އިންކުއަރީއެއްވެސް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.