ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 147،000އިން މައްޗަށް

ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 147،000އިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 10:28
0

އިތުރު 2،310 މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 147،682 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 2،310 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން ވެކްސިން ޖެހި 357 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 1،953 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 147،682 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 583 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ޖެހި 231 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 352 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 303،919 އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ 3 ވެކްސިނެއް މިވަގުތުވެސް ރާއްޖޭގައި ދެމުންގެންދާއިރު، ރަޝިޔާގެ ވެކްސިނަށްވެސް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ހުއްދަ ދެއްވާފައެވެ. އަދި އެވެކްސިންވެސް ހޯދުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މީގެ އިތުރުން އެސްޓްރަޒެނަކާގެ ވެކްސިން އަންނަ މަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.